"ދަ ކަޕިލް ޝަރުމާ ޝޯ"ގެ އާ ސީޒަން އަންނަ މަހުގެ 10 ގައި

"ދަ ކަޕިލް ޝަރުމާ ޝޯ"ގެ އާ ސީޒަން އަންނަ މަހުގެ 10 ގައި

Author
ފާތިމަތު ނާވީ
27 އޮގަސްޓް 2022 09:25
0

ސޮނީ ޓީވީން ގެނެސްދޭ ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ"ގެ 4 ވަނަ ސީޒަަން އަންނަ މަހުގެ 10 ވަނަ ދުވަހުގައި ޕްރީމިއާކުރަން ނިންމައި، ޝޯގެ ޕްރޮމޯވެސް ދައްކަން ފަށައިފިއެވެ.

އާ މޫނު ތަކަކާއެކު ކުރީގެ ބައެއް ބައިވެރިނާ ވެސް އެކުގައި ގެނެސްދޭ މި ޕްރޮމޯއިން ޝޯގައި ވަރަށް މަޖާ ކަންތައްތައް ފެންނާނެކަމަށް ލަފާ ކުރެވެއެވެ.

އަލަށް "ދަ ކަޕިލް ޝަރުމާ ޝޯ" އިން ފެންނާނެ ފަންނާނުންގެ ތެރޭގައި ސިދާތު ސާގަރާއި ގޯރަވް ޑޫބޭ އަދި ސުރިޝްތީ ރޯޑް ހިމެނެއެވެ. އަދި ކުރީގެ ބައިވެރިންގެ ތެރެއިން ޗަންދަން ޕްރަބާކަރް، ސުމޯނާ ޗަކްރަވަތީ، ކިކޫ ޝާރްދާ އަދި އަރްޗަނާ ޕުރަން ސިންގް ވެސް ޕްރޮމޯގައި ފެނިގެންދެއެވެ.

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި ވެސް ވަރަށް މަގުބޫލު ޝޯއެކެވެ. މި ޝޯ ގެ 3 ވަނަ ސީޒަން ނިންމައި ޝޯ ސޮނީން މެދުކަނޑާލީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

 

View this post on Instagram

 

A post shared by Kapil Sharma (@kapilsharma)

"ދަ ކަޕިލް ޝަރުމާ ޝޯ" އަކީ ކޮންމެ ހަފުތާއެއްގެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭ ސޮނީ ޓީވީން ރާއްޖެ ގަޑިން 9:00 ގައި ގެނެސްދޭ ޝޯއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.