ރަކުލްއަށް އަކްޝޭ ބޮޑު ލަނޑެއް ދީފި

ރަކުލްއަށް އަކްޝޭ ބޮޑު ލަނޑެއް ދީފި

Author
ފާތިމަތު ނާވީ
27 އޮގަސްޓް 2022 06:39
0

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އާއި އެކްޓަރެސް ރަކުލް ޕްރީތު ސިންގް ފެނިގެންދާ ފިލްމު "ކަޓްޕުތުލީ"ގެ ޕްރޮމޯޝަންތަކުގައި ދެތަރިންވެސް އުޅެނީ ވަރަށް ބިޒީކޮށެނެވެ.

ޑައިރެކްޓަރު ރަންޖިތު ތިވާރީގެ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިއްލާއެކެވެ. ފިލްމްގެ މައިގަނޑު ޕްލޮޓް ބިނާވެފައިވަނީ ފުރާވަރު އަންހެން ކުދިން މަރަމުންދާ މީހަކު ހޯދަން ޕޮލިސް ސަބް އިންސްޕެކްޓަރަކު ކުރާ މަސައްކަތްތަކެއްގެ މައްޗަށެވެ.

ދެތަރިން ވަރަށް އެކުގައި ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންދާއިރުގައި ތަފާތު ވީޑިއޯއެއް ވަނީ އަކްޝޭ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މި ވީޑިއޯގައި ރަކުލްއަށް އަކްޝޭ ބޮޑު ލަންޑެއް ދޭތަން ފެނިގެންދެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

މިއަހަރު ނެރުނު އަކްޝޭގެ ތިން ފިލްމު ވެސް ސިނަމާގައި ރިލީޒް ކޮށްފައިވާއިރު ހުރިހާ ފިލްމްއެއް ވެސް ވީ ފްލޮޕެވެ. އެހެން ކަމުން މި ފިލްމު ފްލޮޕަކަށް ނުދިއުމަކީ އަކްޝޭއަށް ވަރަށް މުހިންމު ކަމަކަށްވާނެއެވެ.

ފިލްމު ރިލީޒްކުރަނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. މީ މިއަހަރު ނެރޭ އަކްޝޭގެ ހަތަރުވަނަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.