ކެންދޫ ގޮޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި

ކެންދޫ ގޮޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2022 03:25
0

ބ.އަތޮޅު ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫގެ މަސައްކަތައް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

މިމަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައިކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި ރަށުގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތަށް 803 މީޓަރުގެ ބޭރު ތޮށްޓެއްލާ، 80 މީޓަރުގެ ރިވެޓް މަންޓްއެއް ޖަހާނެއެވެ. އަދި 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނޭކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެ އިތުރުން އެރަށުގައި ފަތާ ސަރައްދެއް ފުންކޮށް އެތަން ހިމާޔަތް ކުރުމުގެ މަސައްކަތް މިމަސްރޫއުގެ ދަށުން ކުރެވިގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ.

ކެންދޫ ކައުސިންލުން ވިދާޅުވީ އެރަށަކީ ވަށައިގެން ގިރާރަށެއްކަމަށާއި އަދި ހުޅަނގު މޫސުމުގައި ރަށުގެ އުތުރު ފަރާތުގައި ހުންނަ ގެތަކަށް ލޮނުގެ އަސަރުކޮށް އުދަ އަރާ ދުވަސްތަކުގައި އެސަރަހައްދުން އެއްގަމަށް ލޮނު އަރާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.