މީގެ ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތާއި، މިހާރާއި ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށާއި، ސިޔާސީ މަސައްކަތަށް އައިސްފައިވާ ބަދަލާއި އެއްގޮތަށް ސިޔާސީ މަސައްކަތްތަކުގެ ވައްޓަފާޅިވެސް ބަދަލު ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައިވަނީ ސިޔާސީ ކޮން ކަމެއް ބަދަލުވެގެން ކަމެއް ވިދާޅުވެއް ނުވެއެވެ. ނަމަވެސް 2000 ވަނަ އަހަރުން 2008 ވަނަ އަހަރަށް ރާއްޖޭގެ ސިޔާސީ މަސްހަރަކީ ވަރަށް ހަލަބޮލި މަސްރަހަށް ވީނަމަވެސް މިހާރުގެ ސިޔާސީ މަސްރަހަކީ އެހާ ހަލަބޮލި މަސްރަހެއް ނޫނެވެ.
ކުރިއަށް ރިޔާސީ އިންތިޚާބުވެސް އޮތުމާއިއެކު ސިޔާސީ ގޮތުން އަނެއްކާވެސް އެކި ހަރަކާތްތައް ފަށާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ސިޔާސީ މަސްރަހަށް މިހާރު އައިސްފައިވާ ބަދަލު ތަކާއި އެއްގޮތަށް ސިޔާސީ މަސައްކަތްތަކުގެ ވައްޓަފާޅިވެސް ބަދަލު ކުރަންޖެހޭކަމަށެވެ. ނަމަވެސް އިމްރާންގެ ޓުވީޓުގައި ސިޔާސީ ގޮތުން އައިސްފައިވަ ބަދަލުގެ ސަބަބުން މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހެނީ ކޮން ގޮތަކަށް ކަމެއް ވިދާޅެއް ނުވެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތީ 2000 އިން 2005 ވަނަ އަހަރާއި ހަމައަށް ނުވަތަ 2005 އިން 2008 ވަނަ އަހަރާއި ހަމައަށްވެސް އޮތް ގޮތަކަށް ނޫން. އެހެން ކަމުން މިދިޔަ މުއްދަތުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް އަދުގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލު ކުރަންޖެހޭ.
– އިމްރާން ވިދާޅުވިއެވެ.
Raajjeyge siyasee masrahu miadhu othee 2000 – 2005 vana ahara hama ah nuvatha 2005 – 2008 vana ahara hama ahves oiy gothakah noon.ehen kamun midhiya muhdhathugai siyasee masrahah aisfaivaa badhaluthaka ehgothah adhuge siyasee masahkathuge vattafaalhi badhalukuran jehey.
— Imran Abdulla (@ShimranAb) August 26, 2022
އަދާލު ޕާޓީން ދަނީ އެޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް މިހަފްތާ ބަންދުގައިވެސް އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ. މިދަތުރު ތަކުގައި އެޕާޓީގެ ރައީސް އިމްރާނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ. އަދާލަތު ޕާޓީއަކީ މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން މަސައްކަތް ކުރާނީ ގޮތަކަކަށް ކަމެއް އަދި ހާމަކޮށްފައި ނުވެއެވެ.