"ކަޓްޕުޓްލީ" ގެ ފުރަތަމަ ލަވަ އަކީ "ސާތިޔާ"

"ކަޓްޕުޓްލީ" ގެ ފުރަތަމަ ލަވަ އަކީ "ސާތިޔާ"

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2022 06:40
0

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އާއި އެކްޓަރެސް ރަކުލް ޕްރީތް ސިންގް ފެނިގެންދާ ފިލްމް  "ކަޓްޕުޓްލީ" ގެ ފުރަތަމަ ލަވަ ނެރެފި އެވެ.

މި ލަވައަކީ ދެ ތަރިންގެ ކެމިސްތްރީ ވަރަށް ރަނގަޅަށް ފެނިގެންދާ ލަވައެކެވެ. ކޮންމެވެސް ވަރަކަށް ނެށުންވެސް ހިމެނޭ މި ލަވައަކީ ރޮމޭންޓިކް ލަވައެކެވެ.

"ސާތިޔާ" ނަން ދީފައިވާ ލަވަ ކިޔައިފައިވަނީ  ޒަހަރާ ޚާނާއި ނިކިލް ޑި ސޫޒާ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާއިން މި ފިލްމް  އަންނަ މަހުގެ ދެވަނަ ދުވަހު ޕްރިމިއާ ކުރާއިރުގައި މިއީ އަކްޝޭ މިއަހަރު ފެނިގެންދާ 4 ވަނަ ފިލްމްއެވެ.

މިއަހަރު ނެރުނު އަކްޝޭގެ ތިން ފިލްމް ވެސް ސިނަމާގައި ރިލީޒް ކޯށްފަިއވާއިރުގައި ހުރިހާ ފިލްމްއެއް ވެސް ވީ ފްލޮޕްއެވެ. ޑައިރެކްޓަރު ރަންޖިތު ތިވާރީގެ އެ ފިލްމަކީ ސައިކޮލޮޖިކަލް ތުރިއްލާއެކެވެ.

ކުރިން މި ފިލްމް އަށް ދިން ނަމަކީ "މިޝަން ސިންދަރެއްލާ"އެވެ. ނަމަވެސް ފަހުން ވަނީ ފިލްމްގެ ނަން ބަދަލު ކޮށް " "ކަޓްޕުޓްލީ"ގެ ނަން ދީފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.