"އިމަޖެންސީ" ގެ ރޯލެއް މިލިންދް އަށް

"އިމަޖެންސީ" ގެ ރޯލެއް މިލިންދް އަށް

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2022 04:40
0

ވަރަށް މަދުން ނޫނީ ފިލްމް ތަކުން ނުފެއްނަ މަޝްހޫރު މޮޑެލް މިލިންދް ސޯމަން އަށް ކަންގަނާ ރަނާވަތް ގެ ކުރިއަށް އޮތް ފިލްމް "އިމަޖެންސީ" އިން ރޯލެއް ލިބިއްޖެއެވެ.

މި ފިލްމަކީ އިންޑިއާގެ ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އިންދިރާ ގާންދީގެ ވެރިކަމުގައި ސިޔާސީ ގޮތުން އުފެދުނު ހަލަބޮލިކަމާއި އިއުލާންކުރި އިމަޖެންސީއާ ހެދި ދިމާވި ކަންކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

56 އަހަރުގެ އެކްޓަރު ފިލްމްގެ ރޯލެއް ކުޅަން ސޮއިކުރިއިރުގައި، ފިލްމް ގައި މިލިންދް ފެންނަ ގޮތުގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މި ފިލްމްގައި މިލިންދް ފެނިގެންދާނީ  ފީލްޑް މާޝަލް ސޭމް މަނެކްޝޯގެ ރޯލްއިންނެވެ.

 

View this post on Instagram

 

A post shared by Milind Usha Soman (@milindrunning)

ފާހަގަ ކޮށްލެވޭ ކަމަކީ "ސޭމް ބަހާދޫރު" ގައި އެކްޓަރު ވިކީ ކޯޝަލް އަންނަނީ ހަމަ ފިލްމް ކުޅެމުންނެވެ. އެ ފިލްމްގައި ވިކީ ކުޅޭނީ ސޭމްގެ ރޯލެވެ. އެއީ ސޭމް ގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ބައޯޕިކްއެކެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

މީގެ ކުރިންވެސް މި ފިލްްމ އަށް ވަނީ ގިނަ ތަރިންތަކެއް ނަގައި، ފަސްޓް ލުކް ދައްކައިލައިފައިއެވެ. އެގޮތުން މި ފިލްމްގައި މުހިމުރޯލެއް ކުޅޭ، އަނުޕަމް ކޭރް އާއި ސްރެޔާޝް ތަޅްޕަޅޭ އަދި މަހިމާ ޗޯދްރީގެ އިތުރުން އިންދިރާގެ ގޮތުގައިގައި ފިލްމް އިން ކަންގަނާ ފެނިގެންދާގޮތްވެސް ވަނީ ދައްކައިލައިފައިއެވެ.

"އިމަޖެންސީ" އަކީ ކަންގަނާގެ ޕްރޮޑަކްޝަން ހައުސް، މަނިކަރްނިކާގެ ދަށުން އޭނާ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުވެސް ކުރާ ފިލްމެކެވެ. މިއީ ކަންގަނާގެ ދެވަނަ ޑައިރެކްޝަނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.