ކޮވިޑް-19 ގައި ބޮލީވުޑްއަށް ކުރިމަތިވި އަޑިގަނޑުން ރަނގަޅަށް އަރައި ނުގަނެވި އުޅެނިކޮން އިތުރު ކަންތަށް ގަނޑަކާއި މިހާރު ބޮލީވުޑް އިންޑަސްޓްރީ އަންނަނީ ކުރިމަތި ލަމުންނެވެ.
ކޮންމެ ފިލްމްއެއްވެސް އަޅުވާ ދުވަސް އިއުލާން ކުރުމާއި އެކުގައި ފިލްމް ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކެމްޕެއިންގް އެއް ސޯޝަލް މީޑީއާގައި ފަށައެއެވެ. މިއާއެކުގައި ފިލްްމްގެ ތަރިންގެ އާދޭސް ކޮއްކޮއްވެސް ފިލްމް ބަލަން ސިނަމާއަށް ވަންނާނެ މިހެއް ނުވެ ފިލްމްތަކުގައި ފްލޮޕް ބޯޑު އަޅުވަން މަޖުބޫރުވެއެވެ.
މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ގިނަ ފިލްމްތަކުގެ ހާލަކީ މިއެވެ. މިކަމާ ފިލްމްތަކުގެ ޕްރޮޑިއުސަރުން ބިރުން ބިރުން ތިއްބާ ކޮވިޑްްއާއި ގުޅިގެން އައި އޯޓީޓީ ޕްލެޓްފޯމް އަންނަނީ ސިނަމާއަށް ގޮންޖަމުންނެވެ.
ސިނަމާތަކުގެ މައްޗައް ކުރިހޯދަމުން އަންނަ އޯޓީޓީ ޕްލެޓްފޯމް މިހާރު ވަރަށް ވަރުގަދަ ކޮށްލައިފިއެވެ. އެއާއިއ ެކުގައި ބައެއް ޕްރޮޑަކްޝަން ހައުސް ތަކުން ސިނަމާގެ ބަދަލުގައި މިފަދަ ޕްލެޓްފޯމް އަކަށް ފިލްމް ވިއްކައިލައިގެން ފައިދާ ހޯދޭތޯ މަސައްކަތް ކުރެއެވެ.
އެގޮތުން ބޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމް "ގޯވިންދާ ނާމް މެރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރއަށް މިހާރު ވަނީ ވިއްކާލާފައެވެ. މި ފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އަށް ވިއްކާލާފައިވަނީ 62 ކްރޯޑް ރުޕީސްއަށެވެ.
މިދުވަސްވަރު ބޮޑު ސްކްރީނުގައި އަޅުވަން ރަނގަޅު ފިލްމެއް ނޫން ކަމަށް ބުނެ ވިކީ ކޯޝާލް، ކިއަރާ އަދުވާނީ އަދި ބޫމީ ޕަދްނޭކާރް ފެންނަ ޝަޝަންކް ކައިތާނު ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ގެ ޑިޖިޓަލް ރައިޓްސްގެ އަގަކީ 42 ކްރޯޑް ރުޕީސް އަދި ސެޓެލައިޓް ރައިޓްސްގެ އަގަކީ 20 ކްރޯޑް ރުޕީސް އެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކުރާ "ގޯވިންދާ ނާމް މެރާ" އަށް ދަރްމާ އިން ފުރަތަމަ ކީ އަގަކީ 80 ކްރޯޑް ރުޕީސްއެވެ. ނަމަވެސް އެ އަގަށް ގަންނާކަށް އެއްވެސް ބަޔަކު ޝައުގުވެރިއެއް ނުވިއެވެ. އެންމެ ފަހުން ޑީލް ލޮކް ކުރީ 62 ކްރޯޑް ރުޕީސްއަށެވެ. ނަމަވެސް މިއަގަށް ފިލްމު ވިއްކައިގެން ދަރްމާއަކަށް އެއްވެސް ފައިދާއެއް ނުލިބޭނެއެވެ.
ފިލްމުގެ ބަޖެޓާއި ވިއްކާލައިގެން ލިބޭ އާމްދަނީއާ އެއްވަރުވެފައިވާކަމަށާއި ޓީމު މިހާރު އޮތީ ނޯ ޕްރޮފިޓް ނޯ ލޮސް ޒޯނެއްގައިކަމަށްވެއެވެ. މި ފިލްމް ޒްނީ ޕްލަސް ހޮޓްސްޓަރ އިން ޕްރިމިއާ ކުރާނީ އަންނަ ނޮވެމްބަރު މަހުއެވެ.