އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާއި ގޮށްމުށުގެ ބާރުން ވެރިކަން ހިންގި މީހަކަށް އިސްލާހުވެފައިހުރި ކަންކަން ފާހަގަ ނުވުމަކީ ވެދާނެކަމެއް ވިދާޅުވެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ތަރުޖަމާން ޢަލީ ނަޒީރު ރައީސް މައުމޫންގެ އެމްއާރުއެމް އަށް ރައްދު ދެއްވައިފިއެވެ.
ނަޒީރު މިފަދައިން ރައްދު ދެއްވީ، ފެހި ގާނޫނު އަސާސީ އެކުލަވާލި ފަހުން ވޭތުވެދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ ހާލަތު އޭގެ ކުރިއަށް ވުރެ ވެސް ގޯސްވެފައިވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވައިގެން ހިންގަވާ ސިޔާސީ ޕާޓީ، އެމްއާރުއެމުން ބުނުމާއި ގުޅިގެންނެވެ.
ނަޒީރު ވިދާޅުވީ، އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާއި ގޮށްމުށުގެ ބާރުން ވެރިކަން ހިންގި މީހަކަށް އިސްލާހުވެފައިހުރި ކަންކަން ފާހަގަ ނުވުމަކީ ވެދާނެކަމެއްކަމަށެވެ. އެކަމާ ހައިރާންވާކަށް ނުވާނެކަމަށާއި، އަދި ބައެއް ސިޔާސީ ލީޑަރުންގެ ކަންކަން ހުންނަގޮތުން މާޒީގެ އަނދިރި ސަފުހާތައް ފަހަށްދޫކޮށް ކުރިއަށްދާން އުނދަގޫވާކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.
އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާއި ގޮށްމުށުގެ ބާރުން ވެރިކަން ހިންގި މީހަކަށް އިސްލާހުވެފައިހުރި ކަންކަން ފާހަގަ ނުވުމަކީ ވެދާނެކަމެއް. އެކަމާ ހައިރާންވާކަށް ނުވާނެ. އަދި ބައެއް ސިޔާސީ ލީޑަރުންގެ ކަންކަން ހުންނަގޮތުން މާޒީގެ އަނދިރި ސަފުހާތައް ފަހަށްދޫކޮށް ކުރިއަށްދާން އުނދަގޫވޭ.
— Ali Nazeer (@alynazeer) August 24, 2022
ރާއްޖޭގެ ސިޔާސީ މާޝްރަޙުގައި ޙަރަކާޔްތެރިވަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ބައެއްކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާތީ، އެމް.އާރް.އެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް، ދިގު ދަތުރެއްކަމަށެވެ. އަދި އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއްކަމަށެވެ.
މި މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީ އަލުން އެކުލަވާލުމަށް ނިންމެވި ނިންމެވުމާއި، ސަރުކާރުން އޭރު އިޢުލާނުކުރެއްވި އިސްލާޙީ މަގުޗާޓުންކަމަށާއި، އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި، ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ޤާނޫނުއަސާސީއެއް އެކުލަވައިލެވުކަމަށެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިން އުންމީދުކުރަމުން އައި ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ދަތުރުކުރުމަށް ކޮށުނު މުހިންމު މަގަކަށް ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރި، އެ ޤާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާޙުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައި ނުވާކަން ކަމަށް އެޕާޓީން ބުނެއެވެ.
ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، ވާނުވާ ޖަހައި ޖަލަށް ލުމާއީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި، ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާޙާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރޭ. އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބޢިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ.
– އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.
އެމްއާރުއެމްއިން ބުނެފައިވަނީ އެޕާޓީގެ އިލްތިމާސަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ހަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި، ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި، މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުންކަމަށެވެ. އަދި ދިވެހިން މި ދެކޭ އަމާން، ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
4 Responses
ތިގޮވާ ގުދޯގުދޯ ރައްޔިތު މީހާއަކަށް ނޯޅޭ.
މައުމޫނު އެވިދާޅުވަނީ 2003 ކުން 2008 ކާއި ހިސާބަށް ފެއްޓި އިސްލާހީ މަގުޗާޓްގެ ވާހަކަ އެއީ ހަމަހައްގު ތެދުފުޅެއް އެފަސް އަހަރުތެރޭ ކަންތަށްތަށް އިސްލާހު ކުރިވަރަށް މިހިނގާދިއަ 14 އަހަރުތެރޭ އިސްލާހު ކުރެވުނު ކަންތައް ތަކެއްފެންނަން ނެތްވާހަކަފުޅެއް ވީމާ މިއުޅޭ ފަސާދަ އުފަށްދާ އަދާލަތުގެ ޝޭޚުންގެ ތެޅި ހަވާދުގެ ބައިގަނޑަށް އެހެން މީހުން ބުނާއެއްޗެއް ފަހުމްނުވަނީ ކަމަށް ދެކެން ވަރަށް ވަރަށް ސާފް އިނގޭތޯ
އަދާލަތަށް ވުރެ މައުމޫނު މާ ފައިދާ ގައުމަށް ކޮއްދިން
ކަލޯ ދެން ގޮއްމުށާ ނުލާ މިވީ ދިހަ ބާރަ އަހަރު މިގައުމު މިއޮތީ ބާލީހަކަށް ކަފަލާހެން ހެޔޮއަހުލާގާއި އަމަންކަން ގާއިމުކުރެވި ފުރިބާރު ވެފަ