މަގުމަތީ ކޯޓު އުފަންވާން މެދުވެރިވަނީ އަޅަންޖެހޭ ފިޔަވަޅު ނޭޅޭތީ: ޑރ.އިޔާޒު

މަގުމަތީ ކޯޓު އުފަންވާން މެދުވެރިވަނީ އަޅަންޖެހޭ ފިޔަވަޅު ނޭޅޭތީ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2022 09:10
0

މަގުމަތީ ކޯޓު އުފަންވާން މެދުވެރިވަނީ އިސްލާމް ދީނުގައި ނަހީ ކުރައްވާފައިވާ ބޮޑެތި ކުށްތަކަށް އަރައި ގަންނަ މީހުނާއިމެދު އަޅަންޖެހޭ ފިޔަވަޅު ނޭޅިގެން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވީ މިފަހަކަށް އައިސް ރާއްޖޭގައި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައި ގަންނަ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު ނޭޅި ގިނަ ދުވަސްތަކެއް ދިގުލައިގެން ދަނީ އާންމުން ނިކުމެ އެފަދަ ކުށްތައް ކުރާ މީހުންނަށް އަނިޔާކޮށް އަމަލު ކުރަމުންދާތީ ފުލުުހުންނާއި ބައެއް ފަރާތްތަކުން ދައްކާ ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޑރ.އިޔާޒު ވިދާޅުވީ އިސްލާމްދީނުގައި ކަޑައެޅިގެން ހަރާމް ކުރައްވާފައިވާ ލިވާތު ކުރާ މީހުން ހައްޔަރުކޮށްފައި ނުބޭތިއްބޭކަމަށެވެ. ވައްކަން ކުރާ މީހުންނާއި ޑްރަގު ޑީލަރުންގެ މައްސަލަތައް ކިތަންމެ ވަރަކަށް ރިޕޯޓްކުރި ނަމަވެސް އެމީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭކަމަށެވެ. ނަމަވެސް ފެނިގެންދަނީ މުންކަރާތްތައް ހުއްޓުވުމަށް ނިކުންނަ މީހާ ބިޑި އަޅުވައި އެތައް ދުވަހެއް ވަންދެން ބަންދުގައި ބާއްވާތަން ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ލިވާޠުކުރިމީހުން ހައްޔަރަކު ނުބައިތިއްބާ. މުންކަރާތް މަނާކުރިމީހާ އެތައް ދުވަހަކު ގޮޅީގައި އޮންނަންޖެހުނު. ވައްކަންކުރާމީހުންނާއި ޑްރަގް ޑީލަރުންގެ ވާހަކަތައް ޢާއްމުން ފުލުހުންނަށް ރިޕޯޓުކުރި ޢަދަދު ނޭނގޭ. އެޅިފިޔަވަޅެއްނެތް. މިހެންވީމާ މަގުމަތީ ކޯޓު އުފަންވާން މެދުވެރިވާނެ. ފަހަރެއްގައިވެސް އެއީ ރަގަޅު ކަމެކޭ ނުދަންނަވަން. އެއީ ރަގަޅު ގޮތެއް ނޫން. ނަމަވެސް އަމަންއަމާންކަން ބެލެހެއްޓުމާއި ޙަވާލުވެތިބި ފަރާތްތަކުން އެކަން ނުކުރުމުގެ ހިތި ނަތީޖާ މިފެންނަނީ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު ވިދާޅުވީ ކުށްކުރާ މީހުންނާއި މަގުމަތިން އަނިޔާކޮށް ހެދުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. ނަމަވެސް ކުށްތައް ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅި އިންސާފު ނުލިބޭ ކަމުގައިވާނަމަ މަގުމަތީގައި މިފަދަ އެތައް އަމަލެއް އާންމު ވުމަކީ ނުވެ ނުދާނެ ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.

އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާމެދު ގާނޫނުތަކާ ހިލާފު އަނިޔާވެރި އަމަލުތައް ހިނގުން ހުއްޓާލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މި ފަހަކަށް އައިސް ކުށްތަކުގައި، ހާއްސަކޮށް ޖިނާއީ ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، ރައްޔިތުން ނިކުމެ އެކި ވަރުގެ އަދަބު ދިނުމާއި ވަކި ހަމަލާތައް ދޭ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ. ހާއްސަކޮށް ރޭޕް އާއި ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން މީގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހައިވަކަރު
މަގުމަތީ ކޯޓް ބަރާބަރު، ޙުކުމް ތަޙުޤީޤު ކޮށް ޝަރީޢަތްނިންމައި ޙުކުމް ކޮށް ، ޙުކުމް ތަންފީޒުވެސް ކުރޭ ! ސީޕީ އަކަށް، ހޯމް މިނިސްޓަރ ޢިމްރާނަކަށް ، ޑިފެންސް މިނީ މާރިޔާ ދީދީ އަކަށް ، ރައީސް އ މ ޞާލިޙު އަކަށް އެކަންކަމެއް ނުކުރެވޭ. އިންސާފު ޤާއިމުނުކުރެވޭ..އިސްލާމީ ޝަރީޢަތެއް ނުހިންގޭ : އެހެންވީމަ ޢާންމުން ނިކުމެ ޙައްޤާއި ، އަންސާފު ހޯދަން ޖެހެނީ: ފިރިހެން ކުޅި ވެއްޖިއްޔާ ޢަމުދަކުން މިވެރިންގެ ސަމާލުކަމެއް އެކަމަކަށްނުދޭ.