ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިހުރި ތަންތަން ކުއްޔަށް ދޫކުރަނީ

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިހުރި ތަންތަން ކުއްޔަށް ދޫކުރަނީ

Author
ހުސެއިން
24 އޮގަސްޓް 2022 07:24
0

ޔޫތު މިނިސްޓްރީގެ ބެލުމުގައި ދަށުގައިހުރި ތަންތަން ކުއްޔަށް ދޭނެ އުސޫލުތަކެއް އެކަށައަޅާ، އެ މިނިސްޓްރީން ބަލަހައްޓަމުންދާ ތަންތަން ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، އެ މިނިސްޓްރީން ބަލަހައްޓަމުންދާ ތަންތަން ކުއްޔަށް ދޫކުރަން ނިންމީ މިނިސްޓްރީން ކުރާންޖެހޭ ކަންކަމަށް ފަސޭހަ ކުރުމަށާއި، އެތަންތަން ދިގު މުއްދަތަކަށް ތަރައްގީ ކުރުމުގެ އިތުރުން އެތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީ މާލިއްޔަތު ގާނޫނުގެ ހަދާފައިވާ ފަންޑަށް ޖަމާކުރަން ކަމަށެވެ.

މިއަދު ޔޫތު މިނިސްޓްރންވަނީ އެ މިނިސްޓްރީގެ ދަށުގައިވާ ތަންތަން ކުއްޔަށް ދޫކުރާނެ އަގުތައްވެސް ހާމަ ކޮށްފައެވެ.

މިގޮތުން ތަންތަން ކުއްޔަށް ދޫކުރާނެ އަގުތަކަކީ:

އެކުވެން ޓްރެކް – ދުވާލަކަށް 75،000 ރުފިޔާ

ސްކޫން މަދުރަސާ، ކޮލެޖް، އިންސްޓިޓިއުޓް އަދި ޔުނިވާރސިޓީތަކުގެ ބޭނުމަށް ސޯޝަލް ސެންޓަރު އިންޑޯ ހޯލު – ގަޑިއިރަކަށް 2،000ރ، ދުވާލަކަށް 25،000

ހެންވޭރު ބޯޅަ ދަނޑު – ގަޑި އިރަކަށް 1،500އަށް، ދުވާލަކަށް 30،000 ރުފިޔާއަށް

ޔޫތު މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި، އެ މިނިސްޓްރީން ހިންގާ ކެފޭ ރެސްޓޯރަންޓްތަކުން ލިބޭ ފައިސާ ޖަމާކުރާނީ އެމިނިސްޓްރީގެ ފަންޑަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.