ސޮނީ ޓީވީން ގެނެސްދޭ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި 'ސަޕްނާ’ގެ ކެރެކްޓާއިން ބެލުންތެރިން ހެއްވަމުންދިއަ އެކްޓަރު ކްރުޝްނާ އަބިޝޭކް ދެން އެ ޝޯއިން ނުފެންނާނެ ކަމަށް ޚަބަރުތަށް ބުނެފިއެވެ.
ޝޯ މިހާރު އޮތީ މެދުކަނޑާލައިފައެވެ. ވަރަށް އަވަހަށް އަލުން އެ ޝޯ ފަށާނެ ކަަމަށާއި ނަމަވެސް ކްރުޝްނާ ނުފެންނާނެ ކަމަށް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ޚަބަރު ދެއެވެ.
އަދި ހަމަ އެހެންމެ ހަތަރު ވަނަ ސީޒަނުން ކްރުޝްނާ ނުފެންނާނެ ކަމަށް އޭނާވެސް ކަށަވަރު ކޮށްދެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން "ދަ ކަޕިލް ޝަރުމާ ޝޯ" އިން ކްރުޝްނާ ވަކިވާން ނިންމީ ފީގެ މައްސަލާގައި ޕްރޮޑިއުސަރުންނާ އެކީގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ކްރުޝްނާ، 39، އަކީ މަޝްހޫރު އެކްޓަރު ގޯވިންދާއަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. އޭނަގެ އަންހެނުންކީ ފިިލްމުތަކާއި ބައެއް ރިއަލިޓީ ޝޯތަކުން ފެނިފައިވާ ބަތަލާ ކަޝްމީރާ ޝާހް އެވެ.
New season, new look 🤩 #tkss #comingsoon 🙏 pic.twitter.com/Q9ugqzeEJO
— Kapil Sharma (@KapilSharmaK9) August 21, 2022
ކުރުޝްނާގެ ނުފެނުނު ނަމަވެސް ކުރީ ސީޒަންގައި ފެނުނު ސުމޯނާ ޗަކްރަވަތީ އާއި އަރްޗަނާ ޕޫރަން ސިންގް ފަދަ އިތުރު ތަރިން ފެންނާނެ އެވެ.
ކޮމެންޓު ފޮނުވާ