ސިވިލް ކޯޓަށް 2 ފަޑިޔާރަކު ހޯދަނީ

ސިވިލް ކޯޓަށް 2 ފަޑިޔާރަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2022 09:10
0

ސިވިލް ކޯޓޫގެ ފަނޑިޔާރުގެ ކަމުގެ މަޤާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމަށް ވަނީ އެދިފައެވެ.

ސިވިލް ކޯޓުގެ ފަޑިޔާރެއްގެ މުސާރައަކީ މަހަކު 30،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ އަދި ރިސްކް އެލަވަންސުގެ ގޮތުގައި މަހަކު 1،650 ރުފިޔާ ލިވެއެވެ. މިއާއިއެކު މުސާރައިގެ ގޮތުގައި ސިވިލް ކޯޓުގެ ފަޑިޔާރަކަށް މަހަކު 46،650 ރުފިޔާ ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.