ޔޫކޭގައި 7 އަހަރު އުޅުއްވުމަށްފަހު އަމީން އެނބުރި ރާއްޖެއަށް

ޔޫކޭގައި 7 އަހަރު އުޅުއްވުމަށްފަހު އަމީން އެނބުރި ރާއްޖެއަށް

Author
މުޙައްމަދު ޖިމީ
22 އޮގަސްޓް 2022 07:17
0

ހަތް އަހަރު އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިންބޭރުގައި އުޅުއްވުމަސްފަހު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އަމީން ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނު 11:45 ގައެވެ. އަމީނަށްށް އެއާޕޯޓުން މަރުހަބާ ދެންނެވީ ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއެވެ. މީގެ އިތުރުންވެސް ޖޭޕީގެ ކައުންސިލް މެމްބަރުންނާއި، ބައެއް އިސް ބޭފުޅުންވެސް އަމީނަށް މަރުހަބާ ދެންނެވިއެވެ.

އަމީން ވިދާޅުވީ އެހާ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަކީ އުންމީދުކުރެއްވިކަމެއް ނޫންކަމަށާއި، އެހެންނަމަވެސް ގިނަ ދުވަސްތަކަކަށްފަހު ރާއްޖެ ވަޑައިގެންނެވުމަކީ، އާއިލާއަށްވެސް އަދި އަމިއްލަ ނަފްސަށްވެސް ލިބުނު ހިތްހަމަޖެހުމެއްކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން މަޤާމުން ވަކިވީ، އެ މިނިސްޓްރީ ރައީސް ޔާމީން އުވާލެއްވުމުންނެވެ.

އަމީން ވަނީ މޭޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން އަމިއްލަފުޅަށް ރާއްޖެ ދޫކުރައްވަން ނިންމަވާފައެވެ. އަދި ވަޑައިގަތީ އިނގިރޭސިވިލާތަށެވެ. އޭރުވެސް އަމީން ހުންނެވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.