އާރްޓީއެލް މިނީ ބަހުގެ ޚިދުމަތުގެ ޓެސްޓް ދަތުރުތަކެއް ބާއްވައިފިއެވެ.
މިނީ ބަހުގެ ޓެސްޓް ދަތުރުގައި ބައިވެރިވީ އެމްޓީސީސީގެ އޮފިޝަލުންގެ އިތުރުން މާލެ ސިޓީ ކައުންސިލާއި ޕޮލިސް ސަރވިސަސްގެ އޮފިޝަލުންނެވެ. އެމްޓީސީސީން ބުނީ މިދަތުރުތަކުގެ ބޭނުމަކީ މިނީ ބަހުގެ ހިދުމަތް ކަސްޓަމަރުންނަށް ފެށުމުގެ ކުރިން، އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަކުރުންކަމަށެވެ.
އެމްޓީސީސީން އަންނަނީ ވީއެންމެ އަވަހަކަށް މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ. މިގޮތުން މިހާރު ކުރިއަށްދަނީ ބަސް ސްޓޮޕްތައް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭގެ ބައެއް މަގުތަކުގެ ޕާކިންގ ވަނީ ހުސްކޮށްފައެވެ.
އެމްޓީސީސީން ވަނީ މިނީ ބަހުގެ ޚިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސާނެކަމަށް ބުނެފައެވެ. މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
A trial run of RTL Mini Bus Service was conducted with the service stakeholders today. The objective was to physically experience the bus routes to improve our customer experience before the service officially commence. Our gratitude goes to @MaleCitymv & @PoliceMv for support. pic.twitter.com/k4UYlaNW3k
— MTCC Plc (@MTCCPlc) August 20, 2022
މާލެއާއި އަތޮޅުތަކުގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިދިޔަމަހުގެ 16 ވަނަ ދުވަހު އެމް.ޓީ.ސީ.ސީން ރާއްޖެއަށް ވަނީ ގެނެސްފައެވެ. މީގެ ތެރެއިން މާލޭގައި މި ޚިދުމަތް ދިނުމަށް 12 ބަހެއް ބޭނުންކުރާނެއެވެ. އަދި ބާކީ 24 ބަސް، އަތޮޅުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ.
އަލަށް ގެނައި މިނީ ބަސްތަކަކީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މި ބަސްތައް ފަރުމާކޮށްފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައިވެސް ފަސޭހައިން ބަހަށް އަރައި ފޭބޭނެއެވެ.
އެމް.ޓީ.ސީ.ސީން މިހާރު ވަނީ ލ.އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިނީ ބަހުގެ ޚިދުމަތް ފަަށާފައެވެ.