ބަރުލަމާނީ ގަރާރާއިމެދު ގޮތެއް ނިންމުން މާދަމާ، ނަޝީދު ބައެއް މެމްބަރުންނާއި ބައްދަލު ކުރައްވަނީ

ބަރުލަމާނީ ގަރާރާއިމެދު ގޮތެއް ނިންމުން މާދަމާ، ނަޝީދު ބައެއް މެމްބަރުންނާއި ބައްދަލު ކުރައްވަނީ

ބަރުލަމާނީ އާއިމެދު ގޮތެއްނިންމުން އެމްޑީޕީގެ ކޮންގްރެސްގައި މާދަމާ ކުރިއަށްދާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައެއް މެމްބަރުންނާއި ބައްދަލު ކުރައްވަމުން އެބަ ގެންދަވައެވެ.

އެމަނިކުފާނު މިރޭ ބައްދަލުވުން ބާއްވާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރޫ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމްގެ ގެކޮޅުގައެވެ. އާޒިމްގެ ގެކޮޅުގައި ބޭއްވި މިބއްދަލުވުމުގައި މެމްބަރުންގެ ތެރެއިން 6 މެމްބަރަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ބައެއް މެމްބަރުންވެސް ހިމެއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން އަލީ އާޒިމް ވިދާޅުވެފައިވަނީ އެއީ ރޭގަނޑުގެ ކެއުމެއްކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ މާދަމާ ބަރުލަމާނީ ނިޒާމުގެ ބަހުސް ފެށުމުގެ ކުރިން އެގަރާރު ފާސްކުރުމަށްޓަކައި ކޮންގްރެސްގައި ހިމެނޭ ގިނަ ބޭފުޅުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި ކޮންގްރެސްގައި މިހާތަނަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ދެފަހަރުވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނެސްގެން ނޫނީ އެމްޑީޕީއަށް 2023 ނުލިބޭނެކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގިނަ ހިޔާލު ތަފާތުވުންތައް އެބަ އޮތެވެ. މިހާރު އޮތް ކޯލިޝަންގެ ތެރޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު, ނަޝީދު ބޭނުން ވަނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރަކަމަށް ވަޑައިގަންނަވާށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީ ހުރަކަށް ނުވުމަށް އެދި, ނަޝީދު ވަނީ ކޮންގްރެސްއަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް, އެމްޑީޕީގެ އިސް ލިޑަރު, ރައީސް ސޯލިހު ވަނީ ތާއިދު ކުރައްވަނީ ރިޔާސީ ނިޒާމް ބޭއްވުމަށް ކަމަށް ވިދާޅުވެ, ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންނެވި ކޮންގްރެސްގެ މާލަމުގައި ނަޝީދު މިއަދު ވިދާޅުވީ, މިހާރު އެމްޑީޕީ މިތި ގޮތަށް ތިބެއްޖެނަމަ, އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ތެރޭން އެތައް ބަޔަކަށް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ފެނުނު ކަމުގައިވީ ނަމަވެސް, އެއީ ހަމައެކަނި އެމްޑީޕީގެ އުއްމީދު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *