މިސްރުގެ ތަރިއެއް ކައިވެންޏަށް ހުށަހެޅި، ނޫނެކޭ ބުނީ ދެ އަނބިން ތިބޭތީ: އުރްވަޝީ

މިސްރުގެ ތަރިއެއް ކައިވެންޏަށް ހުށަހެޅި، ނޫނެކޭ ބުނީ ދެ އަނބިން ތިބޭތީ: އުރްވަޝީ

ބޮލީވުޑްގެ ބައެއް ފިލްމު ތަކުން ފެނިގެން ގޮސްފައިވާ ރީތި ބަތަލާ އުރުވަޝީ ރައުޓެއްލާ، އޭނާގެ ހަޔާތާއި ގުޅޭގޮތުން ބައެއް ވާހަކަތައް މީޑިއާއާ ހިއްސާ ކޮށްފިއެވެ.

ދާދި ފަހުން ބޮލީވުޑް ހަންގާމާއަށް ދިން އެކްވުލޫސިވް އިންޓަވިއުއެއް ގައި އުރްވަޝީ ބުނެފައިވަނީ އޭނާގެ ކައިވެންޏަށް މިސްރުގެ ލަވަ ކިއުންތެރިއަކު ހުށަހެޅިކަމަށެވެ. ނަމަވެސް އޭނާ އެހުށަހެޅުމަށް އިންކާރު ކުރިކަމަށް ވެސް ބުނެފައިވެއެވެ.

"އެއީ އިޖިޕްޓް މީހެއް. ލަވަ ކިއުންތެރިއެއް މަޝްހޫރު މީހެއް. އަހަރެން ގާތުން ކައިވެންޏަށް އެހި. އެކަމަކު އަހަރެން ކުރީ އިންކާރު. އޭނާގެ މިހާރުވެސް ދެ އަނބިން އެބަތިބި. 4 ދަރިންވެސް އެބަތިބި. އަހަރެން ބޭނުމެއްނޫން ތިންވަނަ އަތްނބަކަށް ވާކަށް. އަހަަރެން ވާން ބޭނުންވަނީ ވަން އެންޑް އޮންލީއަށް."

– އުރުވަޝީ

މުޅި އާއިލާގައި ވެސް އަދި މިހާތަނަށް އެއްވެސް މީހަކު ކައިވެނި ކުރިފަހުން ވަރި ކޮށްފައި ނުވާކަމަށާއި ފިރިމީހާގެ އިތުރު އަނބިން ތިބެގެން ހިތް ފަޅައިގެން ދާން ބޭނުން ނުވާކަމަށް ވެސް މި އިންޓަވިއުގައި އުރްވަޝީ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Urvashi Rautela (@urvashirautela)

އުރްވަޝީ ވަނީ ބޮލީވުޑްގެ ފިލްމު ތަކުގެ އިތުރުން ސައުތުގެ ބައެއް ފިލްމު ތަކުގައި ވެސް ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން އޭނާ އަންނަނީ ބައެއް "އައިޓަމް ސޯންގް"ތައް ވެސް ކުޅެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *