ކެޓްރީނާ ބަނޑުބޮޑު؟

ކެޓްރީނާ ބަނޑުބޮޑު؟

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2022 05:13
0

ބޮލީވުޑްގެ ރީތި ބަތަލާ ކެޓްރީނާ ކައިފް ބަނޑުބޮޑުކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކެޓްރީނާ ވަނީ އިއްޔެގެ ވަގުތެއްގައި މުމްބާއީ އެއާޕޯޓުން ފެނިގެން ގޮސްފައެވެ. އެއާއެކު ޕަޕަރާޒީން ވަނި އޭނާގެ ފޮޓޯ އަދި ވީޑިއޯ ނަގާއި ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ފޮޓޯ އަދި ވީޑިއޯ ތަކުގައި އޭނާ ހުރީ ގަޔަށް ދޫ ވަރަށް ކޮމްފޮޓަބަލް އައުޓް ފިޓެއެއްގައެވެ.

ޓްރެކް ޝޫޓަކާއި ގަޔަށް ދޫ ޓީޝާޓްގައި އޭނާ ހުރިއިރު ފަލަކަމަށް ދައްކައެވެ. އަދި އެހެންޏާ ފެންނަ ވަރަށްވުރެ ބަނޑުވެސް ބޮޑުހެން ހީވެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މިއާއެކު ގިނަބަޔަކު ވަނީ ކެޓްރީނާ ބަންޑުބޮޑު ކަމަށް ބުނެފައެވެ. އަދި މާގިނަ ދުވަހެއް ނުވަނީސް އޭނާ ބަނޑުބޮޑު ކަން އިއުލާން ކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ކެޓްރީނާ އާއި ޒުވާން އެކްޓަރު ވިކީ ކޯޝަލް ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ވަރަށް ޕްރައިވެޓްކޮން ބޭއްވި މި ކައިވެނި ހަފްލާގައި ބައިވެރިވީ ދެފަރާތު އާއިލާ އާއި ގާތް ރަހުމަތެރިން އެކަންޏެވެ.

މީޑިއާއާ ވެސް ވަރަށް ސިއްރުން ކުރި މިކައިވެނީގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިންޑިއާގެ އާދަކާދަ ތަކާއި އެއްގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.