ދެ އަހަރަށްފަހު ސްޓޭޓް މިނިސްޓަރު ސޯލިހު އަލުން ވަޒީފާ އަށް

ދެ އަހަރަށްފަހު ސްޓޭޓް މިނިސްޓަރު ސޯލިހު އަލުން ވަޒީފާ އަށް

Author
މުޙައްމަދު ޝަޒައިމް
14 އޮގަސްޓް 2022 03:31
0

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަޙުމަދު ޞާލިޙުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވުމުން އެނބުރި ވަޒީފާއަށް ނިކުންނަވަން ފަށްޓަވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 25 އަކަށް އަހަރު ވެފައިވާ ސޯލިހުގެ މައްޗަށް ދައުވާ ކުރުމާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު، އަލުން ވަޒީފާ އަށް ނުކުންނެވީ މީގެ ދެ ހަފުތާ ކުރިންނެވެ.

ޑރ. ޞާލިޙުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުމުންނެވެ. އަދި ފަޅެއް، ސަބްލީސް ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ޞާލިޙު ސިޓީއަކުން އެންގި ކަމަށް ވެސް ވަނީ ބުނަފައެވެ.

އެ މައްސަލައިގައި މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ, ދައުލަތުން ހުށަހެޅި ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ވެސް ހެކިބަސް ދީފައި ވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ވެސް، ރަށްތަކުގެ ލީސް ބަދަލުކުރުމާ ގުޅޭ ކަމެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.