ޓިކްޓޮކް ތަރި ޝިފާ އެމްއެންޕީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފި

ޓިކްޓޮކް ތަރި ޝިފާ އެމްއެންޕީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފި

Author
ހުސެއިން
13 އޮގަސްޓް 2022 04:58
0

އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެން ވީޑިއޯއަކުން ފެންނަކަމަށް ބުނާ ދިވެހި ޓިކްޓޮކް ތަރި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މަރިޔަމް ޝިފާ އެމްއެންޕީގެ ހަރަކާތްތަކުން ވަގުތީގޮތުން ސަސްޕެންޑް ކޮށްފިއެވެ.

އެމްއެންޕީގެ ހުރިހާ ހަތަކާތްތަކުން ޝިފާ ވަގުތީގޮތުން ސަސްޕެންޑް ކޮށްފައިވާކަން އެމްއެންޕީގެ ތަރުޖަމާން ޝިދާތާ ޝަރީފްވަނީ ޚަބަރު އޮންލައިންއަށް ޔަގީން ކޮށްދެއްވާފައެވެ.

ޝިފާ ފެންނަކަމަށް ބުނާ، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ލީކުވުމާ ގުޅިގެން ފުލުހުން އަންނަނީ ޝިފާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ޝިފާ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކޮށް ފުލުހުންވަނީ ޝިފާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައެވެ.

ޝިފާގެ ވީޑިއޯ ލީކުވުމާއެކު ކުރިން އެމްއެންޕީންވަނީ އޭނާގެ މައްސަލަ ބަލަމުން އަންނަ ކަމުގައި ބުނެފައެވެ.

ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމު ވެފައިވާ ވީޑިއޯތަކުން ފެންނަ، ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި 3 މީހަކު ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން، ޝިފާވެސް ހައްޔަރުކުރަން ޢާންމުން ސޯޝަލް މީޑިއާގައި ގޮވަން ފަށާފައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި، ފުލުހެއްވެސް ހިމެނެއެވެ.

ނަމަވެސް މިމައްސަލާގައި މިހާތަނަށް ޝިފާއާއި ސުވާލެއް ކޮށްފައިވާކަމެއްވެސް ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ލީކުވެފައިވާ ވީޑިއޯތަކާއި ގުޅިގެން ޝިފާ ބުނެފައިވަނީ އެއީ އެޑިޓެއްކަމަށެވެ. ނަމަވެސް އޭނާ އެހެން ބުނިފަހުންވެސް އިތުރު ވީޑިއޯތަކެއް ވަނީ ލީކުވެފައެވެ.

ޝިފާ އެމްއެންޕީއާއި ގުޅިފައިވަނީ ފާއިތުވެދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ.

ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާއަކީ ރާއްޖޭގެ ޓިކްޓޮކްގެ އެންމެ މަގުބޫލު އެއް މޫނެވެ. އޭނާ އަކީ ޓިކްޓޮކް ކުޅެގެން އާއްމުންގެ މަގުބޫލުކަން ހޯދިދާނެކަން ސާބިތުކޮށްދިން ފަންނާނެކެވެ. އޭނާ ކުރިން ބުނެފައިވަނީ ފާޑުކިޔާ މީހުންނަށް ބެލުމެއް ނެތި އެ ދާއިރާއިން ކުރިއަށް ދާން ތައްޔާރަށް ހުރި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.