އިސްލާމް ދީނުގެ މަތިވެރި ހަމަތަކަށް ރާއްޖެގެ ރައްޔިތުން ބޯލަނބަންފެށީ ސޫފި ދަންނަ ބޭކަލުންގެ މަޑުމައިތިރި ސުލްޙަވެރި މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާބަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމްދީނުގެ މަތިވެތި ހަމަތަކަށް ދިވެހިން ބޯލަނބަން ފާށާފައިވަނީ ސޫފި ދަންނަބޭކަލުންގެ ސުލްހަވެރި މަޑުމައިތިރި މަސައްކަތްޕުޅުންކަމަށް ވީނަމަވެސް ދިވެހިންގެ އަޤީދާ ބަދަލުކުރަން ތަފާތު ދަންނަބޭކަލުންގެ ނަމުގައި މީހުން މަސައްކަތްކުރާކަމަށެވެ.
"އިސްލާމީ އަޤީދާ ނުގުޑާ. ރާއްޖެ އިސްލާމްވީ ދުވަހުގެ ތަޙުނިޔާ"
-ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
https://twitter.com/MohamedNasheed/status/1328609705195950080?s=20
ދިވެހިން އިސްލާމްދީނަށް ބޯލަނބަން ފަށާފައިވަނީ ސޫފި ދަންނަ ބޭކަލުންގެ މަސައްްކަތުންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، ސޫފީން ޤަބޫލުކުރާ ގޮތުގައި ޢަޤީދާ ސާބިތުކުރަނީ ރޫޙާނިއްޔަތުންނެވެ. އެއީ އެމީހުންގެ ވަލީވެރިންނަށް ލިބޭ ކަމަށްބުނާ ވަޙީއާއި އިލްހާމުންނާއި އެމީހުންނާއި ގުޅިފައިވާ ޖިންނީންގެނެސްދޭ ވަހަކައިންނެވެ. ސޫފީން ޤަބޫލުކުރާ ގޮތުގައި ކީރިތި ޤުރުއާނާއި ސުންނަތަކީ އޭގައި ފޮރުވިފައިވާ މާނަތައް ތަފުސީރުކަރަންޖެހޭ އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ޤުރުއާނުގެ ކޮންމެ އަކުރެއްގައިވެސް، ޞޫފީންވަލީވެރިން، ތަރުޖަމާކޮށްދިނުމުން މެނުވީ ނޭނގޭ މާނައެއް ފޮރުވިފައި ވެއެވެ. އެމާނަ ކަޝްފުވަނީ އެމީހުންގެ ހިތަށެވެ. ނަމަވެސް އިސްލާމްދީނުގައި ޢަޤީދާގެ އެއްވެސް ކަމެއް ކީރިތި ޤުރުއާނާއި ސުންނަތުން މެނުވީ ދެނެއެއްނުގަނެވޭނެއެވެ.
ކޮމެންޓު ފޮނުވާ