"ރަކްޝާ ބަންދަން" ބަލާފައި ނުރޯ މީހަކު ނުހުންނާނެ: ޓްވިންކަލް

"ރަކްޝާ ބަންދަން" ބަލާފައި ނުރޯ މީހަކު ނުހުންނާނެ: ޓްވިންކަލް

Author
ފާތިމަތު ނާވީ
11 އޮގަސްޓް 2022 06:42
0

އަކްޝޭ ކުމާރު ފިލްމް "ރަކްޝާ ބަންދަން" މިއަދު ރިލީޒް ކުރާއިރުގައި ފިލްމްއަކީ ވަރަށް އަސަރު ގަދަ ފިލްމްއެއް ކަމަށް އަކްޝޭގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ ބުނެފިއެވެ.

ޓްވިންކަލް ވަނީ އޭނާގެ އިންސްތަގްރާމުގައި ކުރު ވީޑިއޯ އެއް ހިއްސާކޮށްފައިއެވެ. އަދި ބުނެފައިވަނީ "ރަކްޝާ ބަންދަން" ބެލުމަށްފަހު ނުރޮއި ސިނަމާއިން ނުކުތުމަކީ ނާދިރު ކަމެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ރަކްޝާ ބަންދަން" އަކީ ހަތަރު އަންހެން ކޮއްކޮއިންގެ ވާހަކަ ކިޔައިދޭ ވަރަށް ޖަޒުބާތީ ފިލްމަކަށް ވާނެ އެވެ. މި ފެމެލީ ޑްރާމާ އަކީ އަކްޝޭ އާއި ބޫމީ އެކީގައި ކުޅުނު 2017 ގެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކާތާ" އަށް ފަހު ދެތަރިން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އާނަންދު އެލް ރާއީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްއަކީ "ޕްރިތުވީރާޖް" އަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު އަކްޝޭ ފެނިގެންދާ ފުރަތަމަ ފިލްމްއެވެ. އެހެންކަމުން ފިލްމާ ދޭތެރޭ ކުރެވޭ އުންމީދު ވަރަށް ވެސް ބޮޑެވެ.

ނަމަވެސް ފިލްމު ރިލީޒް ކުރާ ދުވަހުގައި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ވެސް ރިލީޒް ކުރެއެވެ. މިއީ ފިލްމަށް ކުރިމަތިވާނެ ވަރަށް ބޮޑު ޗެލެންޖެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.