ކުށްކުރުން ގިނަވުމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ފުލުހުންނެއްނޫން: އިމްރާން

ކުށްކުރުން ގިނަވުމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ފުލުހުންނެއްނޫން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
10 އޮގަސްޓް 2022 08:21
0

މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ ހަމައެކަނި އެކަމުގެ ޒިންމާ ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކޮށް ފުރިހަމަ ކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންގެ އުމްރާނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކ.ތުލުސްދޫގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތް ފެށުމާއެކު އަތޮޅު ތެރޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުން ފުރިހަމަކޮށް ދިނުމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވުނު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް އެނގިގެން ދިޔަ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުން ފެށިގެން ވިސްނުންތަކާއި ބޮޑެތި މަސައްކަތްތައް ފެށިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ދުވަސްތަކެއް ނުވެ މިއަދު ބިންގާ އެޅިގެންދިޔަ ޕްރޮޖެކްޓަށް އެއްބަސްވެގެން ދިޔަ ކަމަށާއި އެހެން ނަމަވެސް ކޯވިޑް-19 ގެ ސަބަބުން ލަސްތަކެއް ވުމަށްފަހު މަސައްކަތް ފެށުމާ ހިސާބަށް އައުމުން އުފާކުރައްވާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއަދު ފެށިގެން މިދާ ޕްރޮޖެކްޓަކީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް ރާއްޖޭގެ މުޅި ތާރީޚުގައިވެސް އެންމެ ބިޔަ ޕްރޮޖެކްޓް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މަސައްކަތް ފެށުމާއެކު އަތޮޅު ތެރޭގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ގާތުން ފުރިހަމަ ކޮށްދިނުމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވިގެންދިޔަ. އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ހުރި ގޮންޖެހުންތައް އަޅުނޑުމެންނަށް ފެނިގެންދިޔަ.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އާއި އިކޮނޮމިކް މިނިސްޓަރާއި އިންޑިއާ ސަރުކާރާއި އެނޫންވެސް ގިނަ ފަރާތްތަކެއް ގުޅިގެން ކުރެވުނު ކާމިޔާބު މަސއްކަތެއްގެ ނަތީޖާ ކަމަށާއި އެހެން އެކަމުން މި ބިޔަ މަޝްރޫއަށް އެހިތެރިވެ ދެއްވި ހުރިހާ ފަރާތްކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަށް ހަރުދަނާކޮށް ފުޅާކޮށް ކުރުމަކީ ދައުލަތާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެ މުހިންމު އެއް ޚިދުމަތް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ތެރޭގައި ކުށްކުރުން ގިނަވުމަކީ ހަމައެކަނި އެކަމުގެ ޒިންމާ ފުލުހުންގެ ބޮލުގައި އެޅުވޭނެކަމެއް ނޫންކަމަށެވެ. ކުށް މަދުކުރަން ރަށްރަށުގެ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަންއަމާން ކަމާއި ހަމަޖެހުމާއި ސުލްހަވެރި ކަމުގެ މައްޗަށް ކަމަށާއި ހަމަޖެހުމެއް ނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ހޯމް މިނިސްޓަރގެ ވާހަކަފުޅުގައި ސުލްޙަވެރިކަމެއް ނެތް މުޖުތަމައަކަށް ފާގަތިކަމެއް ނުލިބޭނެކަމަށާއި، އެކުވެރިކަމާއި ބަދަހިކަމެއް ނެތް މުޖުތަމައަކަށް ހަމަހިމޭން ކަމެއް ނާންނާނެކަމަށެވެ.

މިކަންކަން ހަގީގަތަކަށް ހަދައިދެނީ މިއަދުގެ ދުނިޔޭގައި ފުލުހުންގެ މަސައްކަތުގެ ހަރުދަނާކަން ބިނާކުރެވިފައިވާ މިންވަރެއްގެ މައްޗަށްކަމަށާއި، މިހާގީގަތް ދެނެތިބެ ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް ފުޅާކޮށް ފުލުހުންނާމެދު ދިވެހިންގެ ތަސައްވަރު ރަނގަޅުކޮށް ފުލުހުންނަކީ ދިވެހިން އިޙްތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެއްބެ
އެކަމަކު ް ްވައްކަންކޮށްގެންއިންމީހާއާއެތަކެއްޗާއެކުޕޮލހާއިހަވާލުކުރުމުންޕޮލިހުންބުނަނީތިޔަކަމަށްއަހަރެމެންކުރާނެކަމެއްނެތް މިއީޕޮލިހުގެމައްސަލައެއް
އ އިއްބެ
ތެދުފުޅެއް ފުރަތަމައެޒިންމާނަގަންޖެހެނީޤާނޫނުހަދާމަޖިލިސް ދެންޕޮލިސް ދެންޤާޒީން