"ސޭމް ބަހާދޫރު" ގެ ޝޫޓިން ވިކީ ފަށައިފި

"ސޭމް ބަހާދޫރު" ގެ ޝޫޓިން ވިކީ ފަށައިފި

Author
ފާތިމަތު ނާވީ
11 އޮގަސްޓް 2022 07:33
0

ބޮލީވުޑް އެކްޓަރު ވިކީ ކޯޝަލް އޭނާގެ ދެވަނަ ބައޯޕިކް "ސޭމް ބަހާދޫރު" ގެ ޝޫޓިން  ފަށައިފިއެވެ.

"ސޭމް ބަހާދޫރު" އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއް ކަމަށްވާ އަސްކަރީ ވަރުގަދަ އޮފިސަރު ފީލްޑް މާޝަލް ސޭމް މަނެކްޝޯ ނުވަތަ ސޭމް ބަހާދޫރުގެ ވާހަކަ ކިޔަދައިދޭ ފިލްމެކެވެ.

ވިކިގެ ފުރަތަމަ ބައޯޕިކް އަކީ  "ސަރުދާރު އުދަމް ސިންގް"އެވެ. އެ ފިލްމަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީ ގެ ދަވަނަ ބައޯޕިކް ޑްރާމާގެ ޑައިރެކްޓަރަކީ އޭނާ ވިކީ މުހިއްމު ރޯލެއް ކުޅުނު 2018 ގެ "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރު ހަދާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

"ސޭމް ބަހާދޫރު" ގެ ޝޫޓިން ފަށައިފައިވާ އިރުގައި ފިލްމް އިންދެބަތަލާ އަކު ފެނިގެން ދާނެއެވެ. އެއީ އެއީ ފާތިމާ ސަނާ ޝައިހާއި ސާނިއާ މަލްއުތުރާ އެވެ. މީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމްއެވެ. މިދެތަރިން ނަކީ އެކުގައި ބޮލިވުޑްއަށ ްނުކުތް ދެތަރިންނެވެ. އެއީ 2016 ގެ "ދަންގަލް"އިން އާމިރު ހާންއާއި އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.