ވިނީ އާއި ދީރަޖަށް ފިރިހެން ކުއްޖެއް

ވިނީ އާއި ދީރަޖަށް ފިރިހެން ކުއްޖެއް

Author
ފާތިމަތު ނާވީ
10 އޮގަސްޓް 2022 07:02
0

ޑްރާމާ ސިލްސިލާތަކުން މަޝްހޫރުކަން ހޯދާއިފާ އެކްޓަރު ދީރަޖް ދޫޕަރް އާއި އަންހެނުން ވިނީ އަރޯރާއަށް ފިރިހެން ދަރިއެއް ލިބިއްޖެއެވެ.

ދީރަޖް ވަނީ ވިނީ ވިހޭކަން އިންސްޓަގްރާމުގައި އިއުލާން ކޮށްފައެވެ. އަދި އެމީހުނަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި ވިނީ ވިހާފައި ވަނީ މިއަދު ކަމަށްވެސް ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Dheeraj Dhoopar (@dheerajdhoopar)

ދީރަޖް، 37، އާއި އަންހެނުން ވިނީ އަރޯރާ، 31، ދަރިއަކު ލިބެން އުޅޭކަން މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރީ ދެމަފިރިން ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގައެވެ.

ދީރަޖާއި ވިނީ ކައިވެނިކުރީ 2016 ގައެވެ. މިއީ ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ. ދީރަޖް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ކުންޑަލީ ބާގިޔާ" އިންނެވެ. ނަމަވެސް އޭނާ ވަނި އެ ޝޯއިން ވަކިވެފައެވެ.

 

View this post on Instagram

 

A post shared by Dheeraj Dhoopar (@dheerajdhoopar)

އޭނާ މިހާރު އަންނަނީ ކަލާޒް ޗެނެލުން މިހާރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ސީޒަން 10ގައި ވާދަކުރުމަށް ތައްޔާރު ވަމުނެވެ. އޭގެ އިތުރުން އޭނާ އަންނަނީ "ޝެރުދިލް ޝެރްގިލް" ޑްރާމާއިން ވެސް ފެންނަމުންނެވެ.

އެކްޓް ކުރުމުގެ އިތުރުން ދީރަޖް އަކީ ވަރަށް މަގުބޫލު ހޯސްޓެއް ވެސް މެއެވެ. އަދި ބައެއް ރިއަލިޓީ ޝޯ ތަކުން ވެސް އޭނާ ވަނި ފެނިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.