ދުނިޔެ ދަނީ ކުރިޔަށްވުރެ ބާރަށް އެނބުރެމުން، އެހެންނަމަވެސް ކޮންބޮޑު ވުމެއް ނެތް: ސަައިންސްވެރިން

ދުނިޔެ ދަނީ ކުރިޔަށްވުރެ ބާރަށް އެނބުރެމުން، އެހެންނަމަވެސް ކޮންބޮޑު ވުމެއް ނެތް: ސަައިންސްވެރިން

Author
ހުސެއިން
09 އޮގަސްޓް 2022 05:31
0

ދުނިޔެ މިހާރު އޭގެ ފަލަކުގައި އެބުރެމުންދަނީ ރެކޯޑް ބާރު މިނެއްގައި ކަމަށާއި، އެހެންނަމަވެސް އެންމެ ފަހުން ހޯދުނު މިހޯދުންތަކުގައި ކަންބޮޑު ވާންޖެހޭ ސަބަބެއް ނެތްކަމުގައި ސައިންސްވެރިން ވިދާޅުވެއްޖެއެވެ.

timeanddate.com އިން ފެންނަން ހުރި ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖޫންމަހުގެ 29 ވަނަ ދުވަހު 24 ގަޑި އިރަށްވުރެ 1.59 މިލި ސިކުންތު ބާރު (24 ގަޑިއަރަށްވުރެ 159 މިލިސިކުންތު އަވަސް) މިނުގައި ދުނިޔެ ވަނީ އެނބުރިފައެވެ. މިއީ، އާދަޔާއި ޚިލާފަށް ބަރާބަރަށް ރެކޯޑްތައް ނަގަމުންދާ އެޓޮމިކް ގަޑި 1960 ވަނަ އަހަރުގައި ވަގުތު ރެކޯޑް ކުރަން ފެށިފަހުން ދުނިޔެ އެންމެ ބާރަށް އެނބުރިފައިވާ ދުވަހެވެ.

ފާއިތުވެދިޔަ އަހަރު ވަނީ އެހާތަނާއި ހަމައަށް އެންމެ ބާރަށް ދުނިޔެ ބުރުޖަހާފައިވާ 28 ދުވަސް ފާހަގަ ވެފައެވެ. މީގެ ތެރެއިން އެންމެ ކުޑަކޮށް އިތުރުވެފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. އެދުވަހު ދުނިޔެ ބުރު ޖަހާފައިވަނީ 24 ގަޑިއިރަށްވުރެ 1.47 މިލި ސިކުންތު އަވަސްކޮށެވެ.

މިއަހަރު ޖޫންމަހު، މިހާތަނަށް ރެކޯޑް ކުރެވިގައިވާ އެންމެ ބާރު މިނުގައި ދުނިޔެ ބުރު ޖެހުމަށްފަހު ޖެހިގެން އައި ޖުލައިމަހުގެ 26ވަނަ ދުވަހު ދުނިޔެވަނީ އަނެއްކާވެސް 24 ގަޑިއިރަށްވުރެ 1.50 ސިކުންތު ކުރިން ބުރުޖަހާފައެވެ.

ދުނިޔޭގެ ދުވަސްތައް 24 ގަޑިއިރަށްވުރެ ކުރުވަމުންދާ ސަބަބު ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް މީގެ ސަބަބު ތަފްސީލުކޮށް ދިނުމުގެ ގޮތުން ސައިންސްވެރިންވަނީ ގިނަ ތިޔަރީތަކެއް އުފަން ކޮށްފައެވެ.

މީގެތެރެއިން އެއް ތިއަރީއެއްގައި ބުނެފައިވަނީ ދުނިޔޭގެ ބުރުޖެހުމަށް އައިސްފައިވާ މިބަދަލަކީ ޗާންދެލާރ އިފެކްޓް ނަމަކަށް ކިޔާ ހާލަތެއްގެ ސަބަބުން އައިސްފައިވާ ބަދަލެއް ކަމުގައެވެ. މިއީ ދުނިޔެ ބުރު ޖަހަމުންދާއިރު، ޖަހާ ބުރުގައި އޮންނަކަމަށް ރެކޯޑް ކުރެވި ގުދަކަށް ދީފައިވާ ނަމެކެވެ.

އަނެއްބައި ތިއަރީތަކުގައި ބުނެފައިވަނީ، ދުނިޔޭގެ ސްޕީޑަށް އައިސްފައިވާ މި ބަދަލަކީ ދުނިޔޭގެ ކަނޑުތަކުގެ އޮއިވަރަށާއި އަދި މޫސުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އަންނަމުންދާ ބަދަލެއް ކަމުގައެވެ.

އެސޯޝިއޭޓް ޕްރެސްއިްނ އިންޓަވިއު ކޮށްފައިވާ ބައެއް ސައިންސްވެރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔެ ބުރުޖަހަމުންދާ ބާރުމިނަށް ބަދަލު އައުމަކީ ވަކި އުސޫލެއްގެމަތިން ވާކަމެއް ކަމަށާއި، އަދި ރެކޯޑް މިންވަރަކަށް މި ބާރުމިނަށް އައިސްފައިވާ މިބަދަލަކީ އެއްވެސް ހާސްކަމެއް އޮތްކަމެއް ނޫންކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުޙަންމަދު ޝަރީފު 9759999
މިލިއުމުގައި ވަރަށް ގިނަ ސައިންޓިފިކް އެރަރ ތައް އެބަހުރި ފުރަތަމަ ކަމަކީ ދުނިޔެ އެނބުރޭ ބުރެއް ފުރިހަމަ ކުރަން ނަގަނީ އަކީ 24 ގަޑި އިރެއް ނޫން ކަން ދުނިޔޭގެ ރޮޓޭޝަން ފުރިހަމަ ކުރަން ނަގަނީ 23 ގަޑި 56 މިނެޓު 4.091 ސިކުންތު މި ދުނިޔެ އާއި އިރާއި ހަނދު ހިނގަމުން ދަނީ ވަރަށްވެސް ފުރިހަމަ ޙިސާވރއްގެ މަތީން ނަމަވެސް މައިކްރޯ ސިކުންތު ކޮޅެއް ގެ ތަފާތު އަންނަމުން ދިއުމަކީ އެއްވެސް މައްސަލަ އެއް ނޫން ކަން އެސްޓްރޮނޮމަރުން ބުނަމުން ދެއެވެ