އާ މެމްބަރުން ތަކަކާއެކު "ދަ ކަޕިލް ޝަރްމާ ޝޯ" ގެ މުޅިން އާ ސީޒަނެއް

އާ މެމްބަރުން ތަކަކާއެކު "ދަ ކަޕިލް ޝަރްމާ ޝޯ" ގެ މުޅިން އާ ސީޒަނެއް

Author
ފާތިމަތު ނާވީ
10 އޮގަސްޓް 2022 08:09
0

އިންޑިއާގެ ނަންބަރު ވަން ކޮމޭޑިއަން ކަޕިލް ޝަރްމާ ގެނެސްދޭ ހެއްވާ މަޖާ ޝޯވ "ދަ ކަޕިލް ޝަރްމާ ޝޯ" ގެ އާ ސީޒަނެއް ފަށަން އުޅޭކަމަށް އޭނާ ބުނެފިއެވެ.

ކަޕިލް ވަނި މިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކޮށްފައެވެ. އާސީޒަނެއް ފެށުމުގެ އިތުރުން މިފަހަރުގެ ސީޒަންގައި އާ މެމްބަރުން ތަކެއް ވެސް ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

View this post on Instagram

 

A post shared by Kapil Sharma (@kapilsharma)

މީގެ އިތުރުން ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މީގެ ކުރިން އެ ޝޯއިން ފެނިގެން ގޮސްފައިވާ ޑޮކްޓަރު މަޝްހޫރު ގުލާޓީ ނުވަތަ ސުނިލް ގްރޯވާ ވެސް މި ސީޒަންގައި ފެނިގެންދާނެއެވެ. އޭނާ އަކީ ޝޯގެ ރޫހުގެ ގޮތުގައި މަޝްހޫރުވެފައިވާ ކޮމޭޑިއަނެކެވެ.

ނަމަވެސް ޝޯގެ ވަކި ހިސާބަކުން ސުނިލް އާއި ކަޕިލް އާއި ދެމެދުގައި ޖެހުނު މައްސަލައެއް ގެ ސަބަބުން ސުނިލް ވަނީ ޝޯ ދޫކޮށްލާފައެވެ. ނަމަވެސް ގިނަ ބަޔަކު އަބަދުވެސް އޭނާ އަލުން ޝޯއަށް ގެނައުމަށް އަންނަނީ ރިކުއެސްޓް ކުރަމުންނެވެ.

 

View this post on Instagram

 

A post shared by MCCC (@mukeshchhabracc)

ސޮނީ ޓީވީން ގެނެސްދޭ "ކަޕިލް ޝަރްމާ ޝޯ" އަކީ އިންޑިއާގައި ގެނެސްދޭ މިފަދަ އެއްމެ މަގުބޫލު ޝޯއެވެ. މި ޝޯގައި އަންނަނީ ގިނަ ކޮމޭޑީއަނުން ބައިވެރި ވަމުންނެވެ. އެގޮތުން ކުރުޝްނާ، ކީކޫ ޝަރްދާ، ބާރްތީ ސިންްގް، ސުމޯނާ ޗަކްރޮވަތީ އަދި ޗަންދަން ޕްރަބާކަރް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.