ޓީވީ ބަތަލާ އެއިޝާ ސިންގް ވެސް ބޮލީވުޑްއަށް

ޓީވީ ބަތަލާ އެއިޝާ ސިންގް ވެސް ބޮލީވުޑްއަށް

Author
ފާތިމަތު ނާވީ
09 އޮގަސްޓް 2022 12:58
0

ސިލްސިލާ ޑްރާމާތަކުން މަޝްހޫރު ކަން ހޯދައިފައިވާ އެކްޓަރެސް އެއީޝާ ސިންގް ބޮލީވުޑް އަށް ތައާރަފް ވުމަށް ތައްޔާރު ވެއްޖެއެވެ.

"މިޑްލް ކްލާސް ލަވް" ފިލްމް އަކުން އެއީޝާ ބޮލީވުޑްއަށް ތައާރަފް ވާއިރުގައި ފިލްމް އަންނަ މަހު 16 ގައި ރިލީޒް ކުރުމަށް ވަނީ ތާވަލް ކޯށްފައިއެވެ.

 

View this post on Instagram

 

A post shared by Eisha Singh (@eishasingh)

މި ރޮމޭންޓިކް ކޮމެޑީގެ ކާސްޓުގައި ޕްރިތު ކަމާނީ އާއި ކާވިއާ ތާޕަރް ވެސް ހިމެނެ އެވެ. ތަޖުރިބާކާރު ޑައިރެކްޓަރު އަނޫބަވް ސިންހާގެ އަންހެނުން ރަތުނާ ސިންހާ ޑައިރެކްޓް ކުރާ މި ފިލްމް ރަތުނާ ޑައިރެކްޓް ކުރާ އަލަތު ފިލްްމްއެވެ. މި ފިލްމް އަކީ ޒީ ސްޓޫޑިއޯ އާއި ގުޅިގެން ގެނެސްދޭ ފިލްްމްއެކެވ.

 

View this post on Instagram

 

A post shared by Eisha Singh (@eishasingh)

23 އަހަރުގެ އެއީޝާ އާންމުންގެ މެދުގައި މަގުބޫކަން ހޯދީ އޭނާގެ އަލަތު ޑްރާމާ "އިޝްގް ކާ ރަންގް ސަފޭދް" އިންނެވެ. މީގެ އިތުރުން "އެކްތާ ރާނީ އެކްތާ ރާޖާ" އާއި "އިޝްގް ސުބާނަﷲ" އަދި އޭނާ އެންމެ ފަހުން ފެނިގެންދިއަ ޑްރާމާ "ސިރްފް ތުމް" އަކީ ވެސް ވަރަށް މަގުބޫލު ޑްރާމާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.