އިމްރާންގެ ސުވާލެއް: ކަންކަން އިސްލާހު ކުރަން އުޅެނީ ކިތައްމީހުންތޯ؟

އިމްރާންގެ ސުވާލެއް: ކަންކަން އިސްލާހު ކުރަން އުޅެނީ ކިތައްމީހުންތޯ؟

Author
މުޙައްމަދު ޝަޒައިމް
09 އޮގަސްޓް 2022 09:14
0

ރާޢްޖޭގައި ގޯސްކޮށް ހިނގާ ކަންކަން އިސްލާހު ކުރަން އުޅެނީ ކިތަންމީހުންތޯ ހޯމް މިނިސްޓަރ އިމްރާން ސުވާލު ކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން މިފަދަ ޓުވީޓެއް ކުރައްވާފައިވަނީ، ފަހަކަށް އައިސް ރާއްޖޭގައި ފާޚިޝް އަމަލުތަކާއި، އިސްލާމްދީނާއި ޚިލާފް އެތައްކަމެއް އާންމުވެ އެކަންކަމާއިމެދު ގިނަބައެއްގެ ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިކަންކަމުގައި އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ ސަރުކާރާއި، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ވެރިންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އާންމުގެ ފާޑުކިޔުންތަކާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެޤައުމެއްގެ ހާލަތު ގޯސް ކުރަނީވެސް އަދި ރަނގަޅު ކުރަނީވެސް އެތަނެއްގައި ދިރިއުޅޭ ރައްޔިތުން އަމިއްލައަށް ކަމަށެވެ. ރާއްޖޭގައިވެސް މިއަދު ގޯސްކޮށް ހިނގާ އަދި ރަނގަޅު ކުރަންޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަކޮށް މިނިސްޓަރ ވަނީ އެކަންކަން އިސްލާ ކުރަން މަސައްކަތް ކުރައްވަނީ ކިތައް މީހުންތޯ ސުވާލު ކުރައްވާފައެވެ.

ޤައުމުގެ ހާލަތު ރަނގަޅުވާނީވެސް، ނުވަތަ ނުބައިވާނީވެސް އެބަޔަކު އަމިއްލައަށް ހާލަތު ބަދަލު ކުރުމުންނެވެ. ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނައެވެ. ނަމަވެސް ހަގީގަތުގައިވެސް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކިތައް މީހުން ހެއްޔެވެ؟

– އިމްރާން ސުވާލު ކުރެއްވިއެވެ.

އިމްރާންގެ މި ޓުވީޓު ކުރިތާ ގިނަ އިރުތަކެއް ނުވާއިރު، ގިނަ ބަޔަކު ވަނީ މިކަންކަން އިސްލާހު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ހޯމް މިނިސްޓަރގެ ކިބައިގައި ނޫންތޯ ސުވާލު ކުރައްވާފައެވެ. މިފަހުން އެންމެ ބޮޑަށް ތިލަވެފައިވާ "އަލަމްގިރި" ކޭސްގައިވެސް މިހާތަނަށް އެންމެ އެކަށީގެންވާ ގޮތަށް ފިޔަވަޅު ނޭޅޭ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އަދި ދާދިފަހުން އަނިޔާވެރި ގޮތަކަށް މަރާލި އަންހެން ކުރައްޖާގެ މައްސަލާގައިވެސް ސަރުކާރުގެ އިސްވެރިން ހަނު ތިބުމުންވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
އެއްމެފުރަތަމަ އިސްވާންޖެހޭނީ ތިމުެަށްސަސާ އެންނު ތިމާއަށް ގާބިލްކަން ނެތީމަ އެހެންމީހުންގެ ބޮލަށް ޖަހަން ނޫޅޭ އބަދުމަސެތްކހތަކީ ހިތްހަމަ.ނުޖެހޭމީހުން.ކުށުގަބެއްދޭތޯ ކަމެންނެތަސް