އައްޑޫއިން ފެނުނު ސީލްއަށް ކާން ނުދޭން އިލްތިމާސް ކޮށްފި

އައްޑޫއިން ފެނުނު ސީލްއަށް ކާން ނުދޭން އިލްތިމާސް ކޮށްފި

Author
ހުސެއިން
08 އޮގަސްޓް 2022 06:15
0

އައްޑޫ އަތޮޅު ހިތަދޫއިން ފެނިފައިވާ ސީލްއަށް އާންމުން ކާންދިނުން އެސިޓީގެ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައި ނޫސްބަޔާނުގައި ބުނެފައިވަނީ، އެސިޓީގެ ހިތަދޫގެ ކިބިވާ ސަރަހައްދުގެ ފުއްޓަރު ފަރާތު އަތިރިމަތިން ފެނިފައިވާ ސީލްއަކީ ރާއްޖެއިން އާންމުކޮށް ނުފެންނަ ދިރޭތަކެތީގެ ތެރޭގައި ސީލްއެއް ކަމަށާއި، އަދި ސީލްއަކީ އޭގެ ޒާތުގައި އަމިއްލައަށް އުޅޭ އެއްޗެއް ކަމުގައިވާތީ އެއަށް އާންމުން ކާން ނުދޭން އަންގާ ކަމަށެވެ.

މި ބަޔާނުގައި ވިދާޅުވެފައިވަނީ ގިނަބަޔަކު ސީލް ބެލުމަށް އެސަރަހައްދަށް ޒިޔާރަތްކޮށް ސީލްއަށް ކާންދޭން މަސައްކަތް ކުރާކަން ފާހަގެވެފައި ވާކަމުގައެވެ. އަދި ސީލްގެ ފޮޓޯ ނެގުމަށް އެއާއި ކައިރިވާންވެސް ގިނަ ބަޔަކު މަސައްކަތް ކުރާކަން ފާހަގަވެފައި ވާކަމުގައެވެ.

ސީލްއަކީ އޭގެ ޒާތުގައި އަމިއްލަ ހާލުގައި އުޅޭ އެއްޗެއްކަމުން، އެ ސީލްއަށް އެއްވެސް ވަރަކަށް ގޯނާ ނުކޮށް، ކާން ނުދީ އަދި އޭގެ ވަށައިގެން މީހުން ޖަމާވެ ފޮޓޯ ނަގައި އިންސާނުންގެ އުދަގޫ އެއަށް ވާގޮތަށް އާންމުގެ އަމަލުތައް ނުބެހެއްޓުމަށް އިލްތިމާސް ކުރަން.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި އިލްތިމާސްކޮށްފައި ވެއެވެ.

އައްޑޫއިން ފެނުނު ސީލްއާއި ކަމާއި ގުޅުންހުރި ފަރާތްތަކުން އަޅާ ނުލާކަމުގެ ޝަކުވާ އާންމުން ކުރަމުންދަނިކޮށް، އީޕީއޭއިން ވިދާޅުވެފައިވަނީ ސީލްގެ ހާލު ރަގަޅު ކަމަށާއި، އެއީ މީހަކަށް ގޯނާ ކުރާނޭ އެއްޗެއް ނޫންކަމުގައެވެ. އަދި ސީލް ދެތިން ދުވަހު އެހެން އުޅެލުމަށްފަހު ހިގައިދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

އެޗްޕިއޭއިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށް މީގެ ކުރިންވެސް 4 ފަހަރަކު ސީލް އައިކަމަށް ރެކޯޑު ކުރެވިފައި ވެއެވެ. ސީލްއަކީ އާންމު ގޮތެއްގައި ދުނިޔޭގެ ފިނި ސަރަހައްދުގައި އުޅޭ އެއްޗަކަށް ވުމުން ރާއްޖެއިން ސީލް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އަދި ރާއްޖެއިން ފެންނަ ސީލްތަކަކީ މަގު އޮޅިގެން އަންނަ އެއްޗިހިކަމުގައި ވަނީ ބެލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.