މިއަދު ފެށިގެން ދިޔަ ދިރާސީ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރަކަށް ވެގެން ދާނެކަމަށް އުންމީދު ކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިރާސީ އަހަރުގެ ތަހުނިޔާ ތައުލީމީ ދާއިރާގެ ބޭފުޅުންނަށާއި، ދަރިވަރުންނަށް ފޮނުވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮންމެ ދުވަހަކުވެސް މުދައްރިސުން ނަގައިދޭ ފިލާވަޅު ދަސްކޮށް ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، އަދި ކުޅިވަރާއި މަޖާކޮށް އުފަވެރި އަހަރަކަށް މިއަހަރު ވެގެންދާނެކަމަށް އުންމީދު ކުރާކަމަށެވެ.
ތައުލީމީ އައު އަހަރަށް މަރުހަބާ. ކޮންމެ ދުވަހަކު ޤަވާއިދުން ސްކޫލުގައި ނަގާދެވޭ ފިލާވަޅު ބަލައި ދަސްކުރުން އެއީ އެންމެ ރަނގަޅު ގޮތް. ނަމާދުކޮށް، ޤުރުއާން ކިޔަވަން ވާނެ. އަދި ކުޅިވަރު ކުޅެ މަޖާކޮށް އުފާވެރި، ކާމިޔާބު އަހަރެއް ކަމުގައި ވުމަށް އެދެން.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއްދަންފަޅި ސްކޫލު، ހެދުނުގެ ނާސްތާ، ދީނީ އަދި އަޚުލާގީ ފުރިހަމަ ތަރުބިއްޔަތު، ކުޅުވަރާއި ކަސްރަތު، މިއުޒިކާއި ފަންނީ ކުރިއެރުން ދަރިވަރުންނަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.
މިފެށުނު ތައުލީމީ އައު އަހަރު މިނިސްޓަރ އައިޝަތު އަލީ އަޝާއި، މި ދާއިރާގެ ހުރިހާ ބޭފުޅުންނަށް މަރުހަބާ. އެއްދަންފަޅި ސްކޫލު، ހެދުނުގެ ނާސްތާ، ދީނީ އަދި އަޚުލާގީ ފުރިހަމަ ތަރުބިއްޔަތު، ކުޅުވަރާއި ކަސްރަތު، މިއުޒިކާއި ފަންނީ ކުރިއެރުން ދަރިވަރުންނަށް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް.
– ނަޝީދު ވިދާޅުވިއެވެ.
މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވަނީ 93278 ދަރިވަރުންނާ އެކުގައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ސަރުކާރު ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތައް ހިމެނޭހެން، މިއަހަރު އަލަށް ސްކޫލަށް ވަން ދަރިވަރުންގެ އަދަދަކީ 7700އެވެ. ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށްގޮސް ނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގެ ކަންކަން ކުރިއަށްގޮސް ނިމިފައިވާއިރު މާލެ ސަރަޙައްދަށް އިތުރު 1500 ދަރުވަރުން ބަދަލުވެފައިވާކަން މިނިސްޓްރީން ފާހަގަކުރެއެވެ. ބޮޑު ޗުއްޓީ ނިންމާ ދަރިވަރުން ސްކޫލަށް ނިކުތްއިރު ދަރިވަރުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދަރިވަރުން ސްކޫލަށް އައީ އައު އަޒުމަކާއި އުންމީދުތަކާއިއެކު ސްކޫލްގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އުފަލުގައެވެ.
ކޮމެންޓު ފޮނުވާ