ރިތިކްގެ ކުރީގެ އަންހެނުން ކައިވެނި ކުރަނީ

ރިތިކްގެ ކުރީގެ އަންހެނުން ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
08 އޮގަސްޓް 2022 07:01
0

ބޮލީވުޑްގެ ވަރަށް ރީތި އެކްޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ ހިތް ކަތިލާފައިވާ އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަނބިމީހާ ސުޒާން ޚާން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ރިތިކާއި ސުޒާން 2000 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ. މި ކައިވެނިން އެދެމީހުނަށް ވަނީ 2 ފިރިހެން ކުދިންވެސް ލިބިފައެވެ. އެދެމީހުން ކައިވެނި ކުރީ އެކަކު އަނެކަކާއި ލޯބިގެ ގޮތުން ގުޅިގެން އެތައް ދުވަހަކު އުޅުމަށް ފަހުގައިއެވެ.

 

View this post on Instagram

 

A post shared by Sussanne Khan (@suzkr)

14 އަހަރުވީ ކައިވެނި ރޫޅާ ލުމަށް ފަހު ދެމީހުންވެސް މިހާރުވަނީ ހަޔާތަށް އާ ބައިވެރިން އިހުތިޔާރް ކޮށްފައެވެ. އެގޮތުން ރިތިކް ވަނީ މާމަޝްހޫރު ނޫން ބަތަލާ ސަބާ އާޒާދާ ރައްޓެހިވެގެން އުޅޭކަން އިއުލާން ކޮށްފައެވެ. ހަމަ މިފަދައިން ސުޒާންގެ ހަޔާތަށް ވެސް ވަނީ ލޯބިވެރިޔަކު އައިސްފައެވެ.

 

View this post on Instagram

 

A post shared by Saba Azad (@sabazad)

ސުޒާންގެ އާ ބައިވެރިޔަކީ ޓީވީ އެކްޓަރު އަލީ ގޯނީގެ ބޭބެ އަރްސަލާން ގޯނީއެވެ. އަލީ އަކީ ދާދި ފަހުން ނިންމާލި ރިއަލިޓީ ޝޯ "ބިގް ބޮސް 14″ ގެ ގަދަ 5 އަށް ދިޔަ ބައިވެރިންގެ ތެރެއިން އެކެކެވެ.

 

View this post on Instagram

 

A post shared by Arslan Goni (@arslangoni)

އަދި ސޯޝަލް މީޑިއާގައި މިދެމީހުން ގެ ފޮޓޯތަށް އަންނަނީ ހިއްސާ ކުރަމުންނެވެ. ކަޝްމީރަށް ނިސްބަތްވާ އަރްސަލާން އާއި ސުޒާން ލޯބީގެ ގޮތުން ގުޅުނީ 2020 ގަ އެވެ. ކުރިން ސިއްރުން އެގުޅުން ބޭއްވި ނަމަވެސް މިހާރު އެދެމީހުން އުޅޭނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައިއެވެ. މިއީ އެމީހުން ކައިވެނި ވަރަށްބޮޑަށް ކައިރި ވެފައި ވާކަމުގެ ހެއްކެއްކަމަށް މީޑީއާއިން އަންނަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Arslan Goni (@arslangoni)

ދެ މީހުންގެ ގުޅުން މިހާރު ވަރަށް ބޮޑަށް ބަދަހިވެ، ސީރިސްވެފައިވާތީ ވަރަށް އަވަހަށް ސުޒާން އާއި އަރްސަލާން ކައިވެނި ކުރާނެ ކަމަށް ރިޕޯޓަށް ބުނެއެވެ. ދެމީހުން އަންނަނީ އެކުގައި އެކިތަންތަނަށް ޗުއްޓީ ހޭދަކުރަން ގޮސް އެކަންވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

ކައިވެނި ރޫޅުނު ނަމަވެސް ކުދިންގެ ކަންކަމުގައި ސުޒާނާއި ރިތިކާ ދެމެދު އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮވެއެވެެ. މިހާތަނަށް ވެސް އެކައިވެނި ރޫޅުނު ސަބަބެއް އެއްވެެސް މީހަކު ހާމައެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.