މެސީގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

މެސީގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް

ލިއޮނެލް މެސީގެ ދެ ލަނޑާއެކު، ކްލެމޯންޓް އަތުން 5-0 އިން މޮޅުވެ، ޕީއެސްޖީން ފްރާންސް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކްލެެމޯންޓާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް، އޭނާ ނެތްތަނެއް ނުދެއްކިއެވެ. މެސީއާއެކު، ބްރެޒިލްގެ ތަރި ނޭމާ ވެސް ރޭގެ މެޗުގައި ކުޅުނީ ވަރަށް ފޯމުގައެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ޖަހާދިނީ މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނޭމާއެވެ. އަދި މިމެޗްގައި ނޭމާ ވަނީ އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިމެޗްގައި ޕީއެސްޖީގެ ދެވަނަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ އަޝްރަފް ހަކީމީއެވެ. އެޓީމްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މާކީނިއޯސްއެވެ. އަދި ޕީއެސްޖީއިން މިމެޗްގައި ޖެހި ފަހު ދެލަނޑު މެޗްގެ 80 ވަނަ މިނެޓާއި 86 ވަނަ މިނެޓްގައި ޖަހާދިނީ މެސީއެވެ. އޭނާ މިމެޗްގައި ކާމިޔާބުކުރި ފަހު ލަނޑަކީ އޯވަރހެޑް ކިކަކުން ކާމިޔާބު ކުރި ލަނޑެކެވެ
މިއީ ޕީއެސްޖީގެ ކޯޗް ކަމާއި ކްރިސްޓޮޕަރ ގަލްޓިއަރ ހަވާލުވި ފަހުން ކުޅުނު ލީގުގެ ފުރަތަމަ މެޗެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *