"ދުރަންގާ" ގެ ޓްރެއިލާ ދައްކައިލައިފި

"ދުރަންގާ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2022 08:13
0

ކޮރެއާ ޑްރާމާ "ފްލަވާ އޯވާ އިވްލް" އަސްލަކަށް ބަލައިގެން އުފައްދާ ވެބް ސީރީޒް "ދުރަންގާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ޑްރާމާ އަކީ ޓީވީ ގެ މަޝްހޫރު ބަތަލާ ދްރަޝްތީ ދާމީ ފެނިގެންދާ ޑްރާމާއެކެވެ.

މި ޑްމާގެ ޓްރެއިލާ ހިއްސާ ދައްކައިލައިފައިވާ އިރުގައި މި ޑްރާމާގައި ދްރަޝްތީ ފެނިގެންދަނީ އިރާ ކިޔާ ފުލުހެއްގެ ގޮތުގައިއެވެ. މަރުގެ މައްސަލަ ތަށް ތަހުގީގު ކުރާ ފުލުހުންގެ އިފޮސަރު ދްރަޝްތީ(އިރާ) ގެ ފިރިމީހާ އަކީ ސީރިއަލް ކިލާއެކެވެ.

ދްރަޝްތީގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ ސްމިތް ޕަޓޭލްއެވެ. އަދި އެދެމީހުންނަކީ ވަރަށް ވެސް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިއަ ބައެކެވެ. އެމީހުންގެ އަންހެން ދަރިއަކުވެސް ހުރެއެވެ. ފިރިމީހާގެ ދިރިއުޅުމުގެ އަނެއްފަރާތް ފަޅާއަރައި ގިނަ މަރުތަކަކާއި ތަހުގީގު ތަކެއް މި ޑްރާމާގައި ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި ޑްރާމާ ދައްކަން ފަށާނީ މިމަހުގެ 19 ވަނަ ދުވަހުގައި ޒީ-5 އިންނެވެ. ދްރަޝްތީ އާއި ސުމިތް ގެ އިތުރުން މި ޑްރާމާގެ މުހިންމޔ ރޯލުތަކުން ދިވްޔާ ސޭތް އާއި ރާޖޭޝް ކައްޓަރު އަދި ޒާކިރު ހުސައިން ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.