އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިސް އިދާރާގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ އެ އިދާރާގެ ސީނިއަރ މުވައްޒިފެއް ނޫނެވެ. އަދި މިމުއްޒަފު ސަސްޕެންޑް ކޮށްފައިވަނީ، މިހާރު އާންމުވެފައިވާ ވީޑިއޯތަކުގައި ފެންނަ ބަންގލަދޭޝްގެ އަމަލްގިރިއާއި އެކީ އެއްޖިންސުން ގުޅުން ހިންގައިގެން ކަންވެސް ޔަގީން ކުރެއްވިއެއް ނުވެއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މަޖިލިސް މުވައްޒިފަކު ސަސްޕެންޑް ކޮށްފައިވާއިރު، ބަންގްލަދޭޝްގެ އަލަމްގިރިއާއެކީއ އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނާ ގިނަ ވީޑިއޯތަކެއް ފާއިތުވެދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ދަނީ ލީކުވަމުންނެވެ.
މިގޮތުން އެންމެ ފަހުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ ޓީޗަރަކާއި އަދި ހޯމް މިނިސްޓްރީގެ މުވައްޒިފަކުވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ތައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުގެ އިތުރުން ނޫސްވެރިޔާ ނަސީރު ފުލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވަނީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.