ބަދިގޭގެ މަސަައްކަތް އެހާ ސްޓައިލްގައި ކުރެވޭނީ ހަމައެކަނި ސުހާނާއަށޯ!

ބަދިގޭގެ މަސަައްކަތް އެހާ ސްޓައިލްގައި ކުރެވޭނީ ހަމައެކަނި ސުހާނާއަށޯ!

Author
ފާތިމަތު ނާވީ
05 އޮގަސްޓް 2022 05:59
0

ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާންގެ ދޮށީ އަންހެން ދަރިފުޅު އަންނަނީ ބޮލީވުޑަށް ނުކުތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ މިހާރު އަންނަނީ އަލަތު ފިލްމުގެ ޝޫޓިންތައް ކުރަމުންނެވެ.

އޭނާ ބޮލީވުޑަށް ތައާރަފު ކުރަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ގެ "ދަ އާޗީސް" އިންނެވެ. މި ފިލްމުން ސުހާނާ އާއި އެކުގައި އިތުރު ދެ ސްޑާކިޑުން އިންޑަސްޓްރީއަން ނުކުންނާނެވެ. އެއީ އަމީތާބްގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާ އާއި ބަތަލާ ޖާންވީ ކަޕޫރުގެ ކޮއްކޮ ޚުޝީ ކަޕުރެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ސުހާނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ކުއްޖެކެވެ. އަދި އޭނާގެ ފޮޓޯތަކުން ފޭނުން އުފާކޮށްދެއެވެ. އެގޮތުން އޭނާ ވަނީ ބަދިގޭގައި މަސައްކަތް ކުރަމުންދިއަ ފޮޓޯއެއް ހިއްސާކޮށްފައެވެ.
މި ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއި އެކު ގިނަ ަބަޔަކު ބުނަމުން އަންނަނީ ބަދިގޭގެ މަސައްކަތްތައް އެހާ ސްޓައިލިޝްކޮށް ކުރެވޭނެ މިހަކަށް ހުރީ ހަމަ އެކަނި ސުހާނާ ކަމަށެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ސުހާނާ އަކީ ޝާހްރުކް ޚާނާއި ގޯރީގެ ތިން ކުދިންގެ ތެރެއިން ހަމަ އެކަނި އަންހެން ކުއްޖާއެވެ. އެންމެ ދޮށްޓަށް ހުންނަނީ އާރިޔާން ޚާނެވެ. ދެން ސުހާނާގެ އިތުރުން އެންމެ ހަގަށް ހުންނަނި އަބްރަމް ޚާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.