ބޮލީވުޑްގެ އެކްޓަރ އާމިރު ޚާނަކީ ފިލްމީ ކެރިއަރު ވަަރަށް ކާމިޔާބު ތަރިއެކެވެ. އަދި ހަމަ އެފަދައިން އޭނާ އަކީ ޖަވާޒީ ހަޔާތުގައި ވެސް ވަރަށް ކާމިޔާބު ތަރިއެކެވެ.
އާމިރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ލާލް ސިންގް ޗައްޑާ"ގެ ޕްރޮމޯޝަނަށް ޑައިރެކްތަރ ކަރަން ޖޯހަރު ގެނެސްދޭ ޓޯކް ޝޯވ 'ކޮފީ ވިތު ކަރަން" ގައި ބައިވެރިވެފައެވެ. މި ޝޯ ގައި އާމިރުވަނި އޭނާގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ދައްކާފައެވެ.
އެގޮތުން އާއިލާއާ އެކުގައި ވަގުތު ހޭދަކުރުމުގެ މުހިންމު ކަން މިހާރު ވިސްނޭ ކަަމަށާއި އެހެންވެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެނެސްގެން އުޅޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެގޮތުން އާއިލާއާ އެކުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭތޯ މަސައްކަތް ކުރާ ކަމަށް 57 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
"މަދުވެގެން ހަފްތާއަކު އެއްފަހު ކުރީގެ ދެއަނބިންނާއި ބައްދަލު ކުރަން. އެއީ ކިތަންމެ ބިޒީކޮން އުޅުނަސް މަދުވެގެން ހަފްތާއަކު އެއްފަހަރު ބައަދަލު ކުރަން. މިހާރު ވަރަށް ބަލަން އާއިލާ އާއިއެކު ވަގުތު ހޭދަކުރެވޭތޯ. ރީނާ އާއި ދެކުދިން އަދި ރީނާގެ އާއިލާ އާއި ކިރަން އާއި އަޒާންގެ އިތުރުން ކިރަންގެ އާއިލާއާ އެކުވެސް މިހާރު ވަގުތު ހޭދަކުރަން. އަދި އަހަރެންގެ ދައްތަމެނާއި އަހަރެންގެ އާއިލާ މެމްބަރުންނާ އެކުވެސް ވަގުތު ހޭދަކުރަން"
– އާމިރު
އާމިރު ވަނީ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައެވެ. އެންމެ ފުރަތަމަ ކައިވެނި އޭނާ ކުރީ ފިލްމު ކުޅެން ފެށުމުގެ ކުރިންނެވެ. އެއީ 1986 ވަނަ އަހަރު ރީނާ ދައްތާއާ ކުރި ކައިވެންޏެވެ. އެކައިވެނިން ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ. އެއީ 29 އަހަރުގެ ޖުނައިދް އާއި 25 އަހަރުގެ އިރާއެވެ.
އާމިރާއި ރީނާގެ ކައިވެނި ރޫޅުނީ 2002 ވަނަ އަހަރުއެވެ. އެ މީހުންގެ ކައިވެނި ރޫޅޫނީ އާމިރުއާއި އެހެން މީހެއްގެ ލޯބީގެ ކުޅިގަނޑުގެ ސަބަބުން ކަމަށް އޭރުގައި އަޑު އެރިއެވެ. އޭރު އާމިރު އުޅުނީ 2001 ވަނަ އަހަރުގެ އޭނާގެ ފިލްމު "ލަގާން" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ކިރަން ރާއޯއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.
އެކައިވެނި ނިމުމަށް އައިފަހުން އާމިރު ދެވަނަ ކައިވެންޏެއް ކުރީ 2005 ވަނަ އަހަރުއެވެ. އެއީ ކިރަން ރާއޯ އާއެވެ. ކުރިން މީޑިއާގައި ފާހަގަ ކުރި ފަދައިން ކައިވެނި ކުރެވިގެން ދިއަ ނަމަވެސް އެކައިވެނިވެސް ވަނީ ރޫޅިފައެވެ. 2021 ވަނަ އަހަރު ގައި އެކައިވެނި ރޫޅުނު އިރު އާމިރާއި ކިރަންގެ 10 އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. އެއީ އެމީހުން ސަރަގޮސީ މެދުވެރިކޮށް ހޯދި އަޒާން ރާއޯ ޚާނެވެ.