ޝެހެނާޒްގެ ސްޕާ ޑޭ ވަރަށް ތަފާތު

ޝެހެނާޒްގެ ސްޕާ ޑޭ ވަރަށް ތަފާތު

Author
ފާތިމަތު ނާވީ
05 އޮގަސްޓް 2022 07:20
0

ޝެހެނާޒަކީ ފޭނުންގެ ސަމާލުކަން ހޯދަން ވަރަށް މޮޅު ބަތާލާއެކެވެ. އޭނާގެ އުޅުމާއި ދައްކާ ވާހަކައިގެ ސަބަބުން ގިނަ ބަޔަކު އޭނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރެއެވެ.

"ބިގް ބޮސް"ގެ 13 ސީޒަން އިން އާންމުގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވާ ބަތަލާ މިހާރު އަންނަނީ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދް ކަބީ ދިވާލީ" ގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ޕޮޒިޓިވް އަދި މަޖާ މިޒާޖެއްގެ ވަރަށް އަނގަ ތަޅާ ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޝެހެނާޒް މިވަނީ އަނެއްކާވެސް ފޭނުންގެ ސަމާލުކަން ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ ޗަކަގަނޑެއްގެ މެދުގައި އޮށޯވެގެން އޮތް ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އަދި އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯގައި އޭނާ ބުނެފައިވަނީ ސްޕާ ޓައިމް ކަމަށެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

މިކަން ގިނަ ބަޔަކަށް ވަނީ ވަރަށް މަޖާވެފައެވެ. އަދި ވަރަށް ބޮޑަށް ތައުރީފްކޮށް ވަނީ ގިނަބަޔަކު މި ފޮޓޯއަށް ކޮމެންޓް ކޮށްފައެވެ.

އެގޮތުން ގިނަ މީހުން ކޮމެންޓް ކޮށްފައިވަނީ އެފަދަ ދެވަނަ ތަރިއަކު ނުހުންނާނެ ކަމަށާއި ޝެހެނާޒަކީ ވަރަށް ހިތްތިރި މީހެއް ކަމަށް ބުނެ ތައުރީފް ކޮށްފައެވެ.

ބޮލީވުޑް ތަރިންނަނީ އަގުބޮޑު ސްޕާ ތަކުގައި ގިނަ ވަގުތު ތަކެއް ހޭދަ ކުރާ ބައެކެވެ. އަދި އެކަމަށް ގިނަ ހޭދަތައް ވެސް ކުރާ ބައެއް ވެސް މެއެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

ޝެހެނާޒަކީ މިފަދަ ކަންކަމުން އާންމުންގެ ސަމާލުކަން ހޯދާ ތަރިއެކެވެ. އަދި އޭނާ އެހެން ތަރިންނާ ތަފާތު ވަނީ މިކަންކަމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.