ދާ ކޮންމެ ތަނެއްގައި ފަހަތުން ޕަޕަރާޒީން އުޅޭތީ ވަރަށް ފޫހިވޭ: ތޭޖަސްވީ

ދާ ކޮންމެ ތަނެއްގައި ފަހަތުން ޕަޕަރާޒީން އުޅޭތީ ވަރަށް ފޫހިވޭ: ތޭޖަސްވީ

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2022 06:55
0

"ބިގް ބޮސް"ގެ 15 ވަނަ ސީޒަން ކާމިޔާބު ކުރި އެކްޓަރެސް ތޭޖަސްވީ ޕްރަކާޝް ޕަޕަރާޒީންދެކެ ހިތްހަމަ ނުޖެހިއްޖެއެވެ.

"ބިގް ބޮސް" ގައި ވާދަ ކުރި އެހެން ތަރިއެއް ކަމުގައިވާ ކަރަން ކުންދުރާއާއި ލޯބީގެ ގޮތުގައި ގުޅިގެން އުޅޭ ތޭޖާސްވީ އަކީ އަބަދުވެސް ޕަޕަރާޒީންނާއި ވަރަށް ގާތް ތަރިއެކެވެ. އަދި އޭނާ ވަނީ މީގެ ކުރިން ޕަޕަރާޒީން ފޮޓޯނެގުމަށް ކޮންމެ ފަރަކުވެސް ފުރުސަތު ދީފައެވެ.

 

View this post on Instagram

 

A post shared by Karan Kundrra (@kkundrra)

ނަމަވެސް އިއްޔެ ތޭޖަސްވީ ކެފޭ އަކަށް ވަންނަނިކޮށް ޕަޕަރާޒީން އޭނާގެ ފޮޓޯ ނަގަން ފެށުމުން އޭނާ ވަނީ އެކަމާއި ހިތްހަމަ ނުޖެހިފައިއެވެ. އަދި އަބަދު ދާހާތާކަށް ފަހަތުން ނުދިއުމަށް ވަނީ ބުނެފައެވެ.

އޭނާ ދިއައީ ކަރަން އާއި އެކުގައި ކޮފީ ޑޭޓަކަށް ކަމަށް ޚަބަރުތަށް ބުނެއެވެ. މީގެ ކުރިން ފޮޓޯނެގުމަށް ލިބޭ މިފަދަ ފުރުސަތެއް ދޫކޮށްނުލާ ތަރިއަކު މިހެން ބުނުމުން ޕަޕަރާޒީންވެސް ތިބީ ގަބޫލު ކުރަން ދަތިވެފައި ކަމަށް ވެސް ޚަބަރުތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Tejasswi Prakash (@tejasswiprakash)

ކަރަންއާ ލޯބީގެ ގޮތުން ގުޅުނު ފަހުން ތޭޖަސްވީ އަބަދުވެސް ފެންނަނީ އޭނާއާ އެކުގައެވެ. އަދި ދެމީހުންގެ ގައިގޯޅި ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.