"ސްކްރޫ ޑީލާ"ގެ ޝޫޓިންއާ ވަރުން ގުޅިއްޖެ

"ސްކްރޫ ޑީލާ"ގެ ޝޫޓިންއާ ވަރުން ގުޅިއްޖެ

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2022 08:01
0

ސައުތުގެ މަގުބޫލް ބަތަލާ ރަޝްމިކާ މަންދަނާ އާއި ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް އެކުގައި ފެނިގެންދާ އަލަތު ފިލްމް "ސްކްރޫ ޑީލާ"ގެ ޝޫޓިންއާ ވަރުން ސޫދް ގުޅިއްޖެއެވެ.

ވަރުން އަކީ ބޮލީވުޑްގެ ބައެއް ފިލްމު ތަކުން ފެނިގެން ގޮސްފައިވާ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ވަރުން ދަވަން އާއި އެކުގައި "ޖުގް ޖުގް ޖިއޯ" އިންނެވެ. ވަރުން އާންމުނަށް އެނގިގެން ގޮސްފައިވަނީ ރޯޑިސްއިންނާއި ސްޕްލިޓް ވިލާއިންނެވެ.

 

View this post on Instagram

 

A post shared by Varun Sood (@varunsood12)

ރަޝްމިކާގެ މަގުބޫލު ކަން ބޮޑުވެގެން ދިއައީ އޭނާ ކުޅުނު ފިލްމު "ޕުޝްޕާ" އާ އެކުގައެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. އެއާއެކު ބޮލީވުޑުން ރަޝްމިކާއަށް އަންނަނީ ފިލްމުތަށް އޮހެމުނެވެ.

އަންނަ އަހަރު ބެލުންތެރިނަށް ގެެނެސްދޭން ތައްޔާރު ވަމުން އަންނަ ފިލްމު "ސްކްރޫ ޑިލާ"ގެ ޑައިރެކްޓަރަކީ ޝަޝާންކް ކައިތާންއެވެ. ފިލްމުގެ ބޮޑުބައެއް ނެގުމަށް ހަމަޖެހިފައިވަނީ ޔޫރަޕުގައެވެ.

މިހާރު ފިލްމުގެ ޓީޒާއެއްވެސް ދައްކާލައިފާ ވާއިރު ފިލްމުގެ ޝޫޓިން އަދި އެއްކޮށް ނިންމައެއް ނުލެވެއެވެ. ޓީޒާ އިންވެސް ފެންނަ ގޮތުގައި މި ފިލްމަކީ ޓައިގާގެ އެކްޝަން މަންޒަރުތައް ވަރަށް ރަނގަޅަށް ފެނިގެންދާނެ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Dharma Productions (@dharmamovies)

ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ފިލްމު ކުރިއަށް ދާ ސްޕީޑްގެ ސަބަބުން އަންނަ އަހަރު ފިލްމު ބެލުންތެރިނަށް ގެެނެސްދޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.