ރަންބީރުގެ ފިލްމު ފްލޮޕް ވުމުން އާލިއާ އޭނާގެ ދިފާއުގައި ނުކުމެއްޖެ

ރަންބީރުގެ ފިލްމު ފްލޮޕް ވުމުން އާލިއާ އޭނާގެ ދިފާއުގައި ނުކުމެއްޖެ

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2022 02:55
0

ބޮލީވުޑްގެ އެކްޓަރު ރަންބީރު ކަޕޫރު އެންމެ ފަހުން ރިލީޒް ކުރި ފިލްމު "ޝަމްޝޭރާ" އަކީ ބޮކްސް އޮފީހުގައި ބޮޑު ފްލޮޕްއެކެވެ.

މި ފިލްމަކީ ރަންބީރު ތަފާތު ގޮތަކަށް ފެނިގެންދާ ފިލްމެއްގެ އިތުރުން ވަރަށް އުންމީދީ ފިލްމެކެވެ. ނަމަވެސް މި ފިލްމު އުންމީދު ކުރިވަރަށް ހިނގާފައެއް ނުވެއެވެ. އަދި ފިލްމުގައި ފްލޮޕް ބޯޑު އަޅުވައި މިހާރު އޮތީ ސިނަމާ އިން ނަގާ ހިސާބުގައެވެ.

މިދިއަ މަހު 22 ގައި ރިލިޒް ކުރި މި ފިލްމަށް، އެޅުވި ދުވަހުވެސް ކުރިމަތިވީ ނާކާމިޔާބެވެ. މި ފިލްމުން ފެނިގެންދަނީ ރަންބީރުގެ އިތުރުން ވާނީ ކަޕޫރާއި ސަންޖޭ ދަތެވެ.

މި ފިލްމު ފްލޮޕް ވުމުން އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ރަންބީރުގެ އަނބިމީހާ އަދި ބަތަލާ އާލިއާ ބަޓް ބުނީ ސްޓާރުން ސްޓާރުންނަށް ވަނީ ފްލޮޕް ފިލްމުވެސް ދެވިގެން ކަމަށެވެ. އަދި ބައެއް ސްޓާރުންނަށް ފިލްމު ފްލޮޕް ވިކަމުގައި ވިޔަސް ބާކީ މުސާރަ ލިބޭ ކަމަށާއި އެކަން އެގޮތަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ފިލްމެއް ފްލޮޕް ވުމުގެ ޒިންމާ ނަގަން ޖެހޭނީ އެކްޓަރުން އެކަނި ނޫން ކަމަށާއި ފްލޮޕް ފިލްްމަކަށް ފަހު ހިޓް ފިލްމެއް ދެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

އާލިއާ މިހާރު އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޑާލިންގްސް"ގެ ޕްރޮމޯޝަން ތަކުގައި ވަރަށް އަވަދި ނެތިއެވެ. މި ފިލްމަކީ އާލިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި ފެނިގެން ދާ އަލަތު ފިލްމު ވެސްމެއެވެ. މި ފިލްމުގެ އަނެއް ޕްރޮޑިއުސަރަކީ ޝާހްރުކް ޚާންގެ ރެޑް ޖިލީ އެންޓަޓައިންމެންޓްއެވެ.

ފިލްމު ރިލީޒް ކުރާނީ މިމަހުގެ 5 ވަނަ ދުވަހު ނެޓް ފްލިކްސް އިންނެވެ. މަންމަ އާއި އަންހެން ދަރިއެއްގެ ވާހަކަތައް ގެނެސްދޭ ޑާކް ކޮމެޑީ މި ފިލްމުގައި އާލިއާ ބަޓްގެ އިތުރުން ޝެފާލީ ޝާހް ވިޖޭ ވަރްމާ އާއި ރޯޝަން މެތިއުވެސް ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢާލިޔާ
ޜަންބީރު ކުޅުނު ގިނަ ފިލްމްތައް ވަނީ ފްލޮޕްވެފަ އަދި ތިޔަ ވާނީ ބައިވެރި ކޮށްގެން ކުޅުނު އެއްވެސް ފިލްމެއް މަހިތުން ހިޓް ނުވޭ. އެކަމަކު އަދިތްޔާ ޗޯޕްޅާ މާމައްޗަށް ނަގައިގެން އުޅޭ ވާނީއެއް އެއީ