ބޭނުން ވަނީ 24 ގަޑިއިރު ތައުރީފް ކުރާނެ ފިރިއެއް: ޝެހެނާޒް

ބޭނުން ވަނީ 24 ގަޑިއިރު ތައުރީފް ކުރާނެ ފިރިއެއް: ޝެހެނާޒް

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2022 12:50
0

"ބިގް ބޮސް"ގެ 13 ވަނަ ސީޒަން އިން މަޝްހޫރު ކަން ހޯދި ޝެހެނާޒް ގިލް ކައިވެނިކުރަން ބޭނުން ވަނީ އަބަދުވެސް އޭނާއަށް ތައުރީފް ކޮށްކޮށް ހުންނަ މީހަކާ ކަމަށް އޭނާ ބުނެފިއެވެ.

ޝެހެނާޒަކީ އަބަދުވެސް އޭނާ ދައްކާ ވަހަކައިން އެހެން މީހުން އުފާކޮށްދޭ ތަރިއެކެވެ. މަޖާ މިޒާޖުގެ ޝެހެނާޒަކީ އަބަދުވެސް މީހުންނާ ސަމާސާ ކުރާ ވަރަށް އުފާވެރިކޮށް އުޅޭ ތަރިއެކެވެ.

އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ ނެޓްފްލިކްސް ޝޯ "މަސާބާ މަސާބާ" ސީޒަން ދޭއްގެ އެޕިސޯޑެއްގައި މެހުމާނެއްގެ ގޮތުގައި އޭނާ ވަނީ ބައިވެރި ވެފައެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

މި ޝޯގައި ވާހަކަ ދައްކަމުން ސަނާ ބުނީ އޭނާ އަކީ ކޮންމެ ކޮންމެ މީހަކަށް ހާސިލް ކުރެވޭނެ މީހެއް ނޫން ކަމަށާއި އޭނާއާ ކައިވެނި ކުރާ މީހަކު 24 ގަޑިއިރު އޭނާއަށް ތައުރީފް ކުރަން ޖޭހޭނެ ކަމަށެވެ.

ޝެހެނާޒް ކުރިން ރައްޓެހި ވެގެން އުޅުނީ ސިދާތު ޝުކްލާ އާއެވެ. އެމީހުން ބައްދަލުވީ "ބިގް ބޮސް"ގެ ގެއިންނެވެ. ނަމަވެސް ހާޓް އެޓޭކެއް ޖެހިގެން އޭނާ މަރުވި 2021 ވަނަ އަހަރުއެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

28 އަހަރުގެ ބަތަލާ މިހާރު އަންނަނީ ސަލްމާން ޚާންގެ ފިލްމު "ކަބީ ޢީދު ކަބީ ދިވާލީ" ގެ މަސައްކަތް ކުރަމުންނެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ސަލްމާން ޚާން، ޕޫޖާ ހޭގްޅޭ، ކްރިތީ ސެނޮން ފަދަ ތަރިން ފެންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.