މާ ބޮޑަށް އާލިއާ އަށް ތައުރީފް ކުރާތީ ކަރަން އަށް މަލާމާތް ކުރަނީ

މާ ބޮޑަށް އާލިއާ އަށް ތައުރީފް ކުރާތީ ކަރަން އަށް މަލާމާތް ކުރަނީ

Author
ފާތިމަތު ނާވީ
02 އޮގަސްޓް 2022 05:46
0

ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު/ޕްރޮޑިއުސަރު ގެ ގޮތުގައި މަޝްހޫރު ކަރަން ޖޯހަރު މާގިނަ އިން ބަތަލާ އާލިއާ ބަޓް އަށް ތައުރީފް ކުރާތީ އާންމުން މަލާމާތް ކުރަން ފަށައިފިއެވެ.

ކަރަން މިހާރުން އަނަނީ އޭނާ ގެނެސްދޭ ޓޯކް ޝޯވ" ކޮފީ ވިތް ކަރަން" ގެ 7 ސީޒަން ގެެނެސް ދެމުންނެވެ. މި ޝޯ އަކީ ބޮލީވުޑްގެ ސެލެބްރިޓީންނާއި އެކުގައި ކުރިއަށް ގެންދާ ޝޯވ އެކެވެ. މި ޝޯވ ގައި ބައިވެރި ކުރަނީ ކަރަން އާއި ގާތް ސެލެބްރިޓީންނެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މިހާތަނަށް މި ސީޒަން ގެ 3 އެޕިސޯޑެއް ވަނީ ބެލުންތެރިންނާއި ހަމަ އަށް ގެނެސްދީފައިއެވެ. ހަމަ އެއާއި އެކުގައި ކޮންމެ އެޕިސޯޑެއްގައިވެސް އޭނާ އަންނީ އާލިއާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުން ކަމަށް ބުނެ ބެލުންތެރިން އަންނަނީ ސޯޝަލް މީޑިއާގައި ކަރަން އަށް ފާޑު ކިއަމުންނެވެ.

ނަމަވެސް ފާޑުކިއުންތަކަށް ކަރަން ގެ އަތުގައި އޮތީ އެންމެ ޖަވާބެކެވެ. އެއީ އޭނާ އަބަދުވެސް އެނަން ކިޔާނެ ކަމަށާއި އެކަމާ އަޅާ ނުލުމެވެ. އަދި އާލިއާ އަކީ ވަރަށް ހުނަރުވެރި ބަތަލާ އެއް ކަމަށާއި އޭނާ އަށް ތައުރީފް ހައްގު ކަމަށް ކަރަން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މީގެ ކުރިން އެތަށް އިންޓަވިއުއްގައި ކަރަން ވަނީ އާލިއާ އަކީ އޭނާގެ ދަރިއެއް ކަމަށް ބުނެ ވާހަކަ ދައްކައިފައިއެވެ. އަދި އޭނާ އަންނަނީ އަބަދުވެސް އާލިއާ އަށް ތައުރީފް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.