ދީނީ އިލްމުވެރިޔާ، ޑރ.އިޔާޒަށް ދީނީ ދަރުސް ދިނުމާއި، ދީނީ ދިލްމު އުގައްނައިދޭން ފުރުސަތުދޭތީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވަރަށް ބޮޑަށް ނުރުހުން ވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އެކި ޕްރޮގުރާމުތަކުގެ ތެރެއިން ތަފްސީރު ގުރުއާން ކުލާސް ނަގައި ދިނުމަށް ޑރ.އިޔާޒު ހަމަޖެއްސައި، އިޔާޒު މި ޕްރޮގުރާމު ކުރިއަށް ގެންދަވާތީ އެކަމާއި ހިތްހަމަޖެހި ވަޑައި ނުގެތް ކުރެއްވި ޓުވީޓެއްގައެވެ.
އާޒިމް ވިދާޅުވީ ޑރ.އިޔާޒަކީ ރާއްޖޭގައި އޮތް އެކުވެރިކަން ނަގާލައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. ޑރ.އިޔާޒަށް ދީނީ ކަންކަމުގައި މައުލޫމާތުދީ އެކި ޕްރޮގުރާމުތައް ހިންގުމަށް ފުރުސަތު ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
މިއީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް. ހެޔޮނުވާނެ މީނަޔަށް މިކަހަލަ ފުރުސަތު ދޭކަށް.
– އާޒިމް ވިދާޅުވިއެވެ.
މިއީ ރާއްޖެގައި މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނަގާލަން މަސައްކަތްކުރާ މީހެއް. ހެޔޮނުވާނެ މީނަޔަށް މިކަހަލަ ފުރުސަތު ދޭކަށް https://t.co/LWlovmQhW9
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) August 1, 2022
އާޒިމް އަކީ މީގެ ކުރިންވެސް ޑރ.އިޔާޒަށް ދީނީ ކަންކަމުގައި ފަތުވާ ދިނުމުގެ ހުއްދަ ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑރ.އިޔާޒަކީ މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރެކެވެ. ނަމަވެސް އިޔާޒަކީ ސަރުކާރުގެ ތެރޭގައި ހިނގާ އެކި ގޯސްތަކާއި، ދީނާއި ޚިލާފް ކަންކަމަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ.
މީގެ އިތުރުން އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް އަބަދުވެސް އިޔާޒު ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ