ތައިމޫރު ސްޕެއިން ބަސް ދަސްކުރަނީ

ތައިމޫރު ސްޕެއިން ބަސް ދަސްކުރަނީ

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2022 06:37
0

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރް ޚާނާއި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު ތައިމުރް އަލީ ޚާން ސްޕެއިން ބަސް ދަސްކުރަމުން އަންނަ ކަމަށް ކަރީނާ ބުނެފިއެވެ.

ތައިމޫރް ސްޕެއިން ބަސް ދަސްކުރަމުން އަންނީ އޮންލައިން ކޮށް ކަމަށް ކަރީނާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑީއޯއެއްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ތައިމޫރް، ބަސް ދަސްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހޯދި ސެޓްފިކެޓެއް ވެސް ވަނީ ދައްކާލައިފައެވެ.

 

View this post on Instagram

 

A post shared by Manav Manglani (@manav.manglani)

ތައިމޫރް އޮންލައިން ކޮށް ކިޔަވަނީ ލާނިން ލޮންގޯސް އިންނެވެ. ލާނިން ލޮންގޯސްގައި އިސްކޮށް ހުންނަ އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ އެޝްލީން ޖޮލީއަށް ކަރީނާ ވަނީ މި ވީޑިއޯގައި ޝުކުރު ވެސް އަދާކޮށްފައެވެ.

ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގައިއެވެ. އަދި އެމީހުން ނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައިއެވެ. 4 އަހަރުގެ ތައިމޫރު ގެ އިތުރުން އެމީހުން ގެ ހުންނަނީ އެއް އަހަރުގެ ޖަހާންގީރް (ޖޭ) އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.