ބައްޕަ ބޭނުން ވަނީ އަހަރެން ދިގު މީހަކާ ކައިވެނި ކުރަން: ޖާންވީ

ބައްޕަ ބޭނުން ވަނީ އަހަރެން ދިގު މީހަކާ ކައިވެނި ކުރަން: ޖާންވީ

Author
ފާތިމަތު ނާވީ
30 ޖުލައި 2022 07:44
0

ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބޭނުންވަނީ އޭނާ އިސްކޮޅުން ދިގު މިހަކާއި ކައިވެނި ކުރަން ކަަމަށް ޖާންވީ ބުނެފިއެވެ.

"ގުޑްލަކް ޖެރީ" ޕްރޮމޯޝަންއެއްގެ ތެރޭގައި ވާހަކަ ދައްކަމުން ޖާންވީ ބުނީ ބައްޕަ ބޭނުން ވަނީ އޭނާ އިސްކޮޅުން ދިގު މީހަކާއި ކައިވެނި ކުރަން ކަމަށެވެ.

"ބައްޕަ ނުބަލާނެ ސިފައަކަށް. އެއީ ދުނިޔޭގައި ހުރި އެންމެ ކޫލް އަދި އެންމެ ރަނގަޅު ބައްޕަ. ބައްޕަ އަކީ އެފަދަ ދެވަނައެއް ނެތް މީހެއް. ބައްޕަ ބުނި އަހަރެން އިންނަން ޖެހޭނީ އިސްކޮޅުން ދިގު މިހަކާ ކަމަށް. އިތުރު އެއްވެސް ކަމަކަށް ނުބަލާނެ ކަމަށް."

– ޖާންވީ

 

 

View this post on Instagram

 

A post shared by Rhea Kapoor (@rheakapoor)

ޖާންވީ ބުނީ އޭނާ އަކީ ވެސް އިސްކޮޅުން ދިގު މީހަކަށް ބުމުން ބައްޕަ އަބަދުވެސް އޭނާ އާއި އެއްވަރު އިސްކޮޅެއް ހުރި މީހަކު ހޯދުމަށް ބުނާ ކަމަށެވެ. މީގެ އިތުރުން ބައްޕަ އަކީ ވެސް ދިގުމީހެއް ކަމަށާއި  ބައްޕަގެ އިސްކޮޅުން 6 ފޫޓް 1 އިންޗި ހުންނަ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންގެ އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރޭ. އެހެންވެ ދަނބި ދަރި އަންހެންނަށް ވުރެ އެންމެ އިންޗިއެއްވެސް ކުރުވެގެން ނުވާނެ ކަމަށް ބައްޕަ ވަނީ ބުނެފަ"

– ޖާންވީ

 

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ޖާވްނީ ގެ ކުރިއަ އޮތް ފިލްމު "ގުޑްލަކް ޖެރީ" މިއަދު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާ ކުރާނެއެވެ. މި ފިލްމްގައި ޖާންވީ ގެ އިތުރުން ދީޕަކް ދޮބްރިޔާލް، މީތާ ވަޝިޝްތް، ނީރަޖް ސޫދްހިމެނެއެވެ. މި ފިލްމްގެ ޑައިރެކްތަރަކީ ސިދާތް ސެންގުޕްތާއެވެ.

 

View this post on Instagram

 

A post shared by Boney.kapoor (@boney.kapoor)

ޖާންވީ އަކީ ކުރީގެ ބަތަލާ ޝްރީދޭވީ އާއި ބޯނީ ކުރި ކައިވެނިން ލިބުނު ދެކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. އޭނާ ގެ އިތުރުން ދެން ހުނަނީ ހުޝީ ކިޔާ ކުއްޖެކެވެ. އެކްޓަރު އަރުޖުން ކަޕުރަކީ ޖާންވީގެ އެއް ބަފާ ބޭބެއެވެ. އަދި އަންޝޫލާ ކިޔާ އެއްބަފާ ދައްތައެއް ވެސް ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިގުސޮރު
ބައްޕަ އަށް އެންމެ އުނދަގޫ ކަމަކީ ފަންކާ ސާފުކުރުމާއި ފުރާޅު ސާފުކުރުން ކަމަށް ވާތީ ބައްޕަ އެހެން އެބުނަނީ.