"ދޮބާރާ" ގެ ޓްރެއިލާ ދައްކައިލައިފި

"ދޮބާރާ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
30 ޖުލައި 2022 11:57
0

މޮޅު އެކްޓިންގް އެއް ފިލްމް ތަކުގައި ދައްކާ އެކްޓްރެސް ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ފިލްމް "ދޮބާރާ" ގެ ޓްރެއިލާ ދައްކައިލައިފިއެވެ.

މި ފިލްމް އަކީ މޮޅެތި ފިލްމް ތަކެއް ބެލުންތެރިންނަށް ގެެނެސް ދީފައިވާ ޑައިރެކްޓަރު އަނުރާގް ކަޝޭޕް ޑައިރެކްޓް ކުރާ ފިލްމްއެކެވެ. މި ފިލްމް އަކީ ޓައިމް ޓްރެވަލިން ނާއި އެކުގައި ކުޑަ ކުއްޖެއްގެ މަރެއްގެ ސިއްރު ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ބިރުވެރި ބައެއްވެސް ހިމެނޭ ފިލްމްއެކެވެ.

މި ފިލްމްގެ ކާސްޓްގައި ތާޕްސީގެ އިތުރުން ރާހުލް ބަޓާއި ޕަވައިލް ގްލާޓީ ހިމެނެ އެވެ. މި ފިލްމް ޕްރޮޑިއުސް ކުރަނީ އެކްތާ ކަޕޫރު އާއި ޝޯބާ ކަޕޫރު ގުޅިގެންނެވެ.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

ފިލްމް ސިނަމާ ގައި އަޅުވާނީ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުގައިއެވެ.  "ދުބާރާ" އަކީ ސްޕެއިންގެ ފިލްމްއެއް ކަމަށްވާ "މިރާޖް" ގެ ރިމޭކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.