ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔަ އެއްކަމަށް ވެގެންދިޔަ، ލީކުވި އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެވެ. މި ވޯޑިއޯތައް އާންމު ވެގެން ދިއުމާއެކު، އަދި އަމުދުން ވޯޑިއޯއިން ފެންނަ ބައެއް މީހުންނަނީ ސިޔާސި މަސްރަހުގައިވެސް އިސްކޮށް އުޅެމުންދާ ބައެއް ފަރާތްތަކައި އަދި ސިޔާސީ ބައެއް ފަރާތްތަކާއި އާއިލީގޮތުން ގުޅުން ހުންނަ ފަރާތްތަކަށް ވުމާއެކު، މި ފަރާތްތަކަށް މެދު ކެޑުމެއްނެތި އާންމު ރައްޔިތުންގެ ފާޑުކިޔުންތައް ދިޔައީ އަމާޒު ވަމުންނެވެ.
އަދި ވީޑިއޯތައް އާންމުވެގެން ދިއުމާއެކު، ފުލުހުންގެ އިދާރާއިން މި ވީޑިއޯތަކުން ފެންނަ ބައެއް ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒުކޮށް ސުވާލުކޮށް ތަހުގީ ކުރިޔަށް ގެންގޮސްފައި ވިނަމަވެސް، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެގެން ދިޔައީ ސަރުކާރަށެވެ.
މިގޮތުން ވީޑިއޯތައް އާންމުވެގެން ދިއުމަށްފަހު ލީކުވި ވީޑިއޯތަކާއި ގުޅެގޮތުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ މަސައްކަތް ފާއިތިވެދިޔަ މާރޗްމަހުން ފެށިގެން ކުރިޔަށް ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިހާތަނާއި ހަމައަށްވެސް މިކަންކަމުގައި ޝާމިލްވާ އެއްވެސް ފަރާތެއް ފުލުހުން ހައްޔަރު ކޮށްފައި ނުވުމުގެ ސަބަބުން އެންމެ ގިނަބައެއް ފާޑިކިއުމާ ކުރިމަތިލާން ޖެހުނީ ފުލުހުންނަށެވެ.

އޭގެ އިތުރުން ވީޑިއޯތައް އާންމު ވެގެން ދިއުމަށްފަހު މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، މި ފާހިޝް އަމަލުތަކުގައި ޝައްކު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންދެވި، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެވޭ ބައެއް މީހުންގެ ހިމާޔަތުގައި ވާހަކަ ދެއްކެވުމާއި ގުޅިގެން، ފުލުހުންގެ ތަހުގީގަށް ސިޔާސީ ނުފޫޒު ފޯރާކަމުގެ އެތައް ތުހުމަތެއްވެސް ފާއިތުވެދިޔަ ތަނުގައި ގިނަބަޔަކު ވަނީ ކޮށްފައެވެ.
އެހެންނަމަވެސް، މިކަންކަމާއި ގުޅިގެން ރަސްމީ ސިފައެއްގައި ސަރުކާރުން އެއްވެސް އެއްޗެ ވިދާޅުނުވެ، މަހެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވަނިކޮށް، ފުލުހުންގެ މުވައްސަސާއިން އެންމެ ފަހުން މިވަނީ، ލީކުވި ވީޑިއޯތަކުން ފެންނަކަމަށް ޝައްކުކުރެވޭ އެންމެ ހައްޔަރު ކޮށްފައެވެ.
އަލަމްގިރި އާއެކީ ފާހިޝް އަމަކު ހިންގި ކަމަށް ތުހުމަތު ކުރެވޭ އެންމެން ހައްޔަރު!
އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމުގެ ކުށުގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ އިތުރުން، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުވެސް ހިމެނޭގޮތުން ފުލުހުންވަނީ އިއްޔެއާއި ރޭގެ ވަގުތެއްގައި، ލީކުވެފައިވާ ވޯޑިއޯތަކުން ފެންނަކަމަށް ޝައްކުރެވޭ އެންމެ ހައްޔަރު ކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން ކުރިޔަށް ގެންދާ ކަމުގެ މައުލޫމާތު މީޑިއާގައި އާންމުވާ ފެށުމާއެކު ނެރުނު ބަޔާނެއްގައި ފުލުހުން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަންގައި އިއްޔެގެ ވަގުތެއްގައި 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމުގައެވެ.
ބެލެވޭ ގޮތުގައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެ ދިވެހިންގެ ތެރޭގައި ހިމެނެނޭ އެކަކީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދެވެ. އެއަށްފަހު ފުލުހުންވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުވެސް ފުލުހުން ވަނީ، އޭނަ ރިސޯޓެއްގައި ފިލާ ހުއްޓާ ހައްޔަރު ކޮށްފައެވެ.
މިމީހުން ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ މުވައްސަސާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ހައްޔަރު ކޮށްފައިވަނީ މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުންކަމުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ނިޔަލަށް ފުލުހުންވަނީ ފާހިޝް އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރުއާއި ކާނަލް ނަޝީދުގެ އިތުރުން ކުރީގެ ނޫސްވެރިޔާ ނަސީރު އަދި ތުހުމަތު ކުރެވޭ ފުލުސް މީހާވެސް ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުންވަނީ މިކަމުގައި އެންމެ އިސްކޮށް އުޅުނު ބަންގްލަދޭޝްގެ އަލަމްގިރިވެސް ހައްޔަރު ކޮށްފައެވެ.
އާންމުންގެ ތައުރީފް، ނަޝީދުގެ ފާޑުކިޔުން!
އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލް އުގޫބާތުގައި ބޮޑު އަދަބު ލިބޭ ކުށްތަކުގެ ތެރޭގައި ހިމެނޭ، އަދި އޭގެ އިތުރުން ދިވެހި މުސްލިމް މުޖުތަމަޢު ބަލައި ނުގަންނަ، ދީގޮތުން ބޮޑު ކުށަކަށް ވުމާއެކު، މިމައްސަލާގައި ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ސަރުކާރަށް ވަނީ އެތަކެއް ޕްރެޝަރަކާއި ކުރިމަތިލާން ޖެހިފައެވެ.
އޭގެ ތެރޭގައި، ޔޯގާގެ ހަމަނުޖެހުމާއި ގުޅިގެން ކުރިޔަށްދާ ތަހުގީގަށް ދީނީ އިލްމުވެރީންތަކެއް ހައްޔަރުގައި ތިބެން ޖެހިފައި، ދީނުގައި ނަހީކުރެއްވި ފާހިޝް އަމަލްތައް ހިންގި ބަޔަކު މުޖަތަމަޢަށް ދޫވެފައި ތިބުމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް އަމާޒުވި ފާޑިކުޔުންވަނީ އެތައް ގުނައަކުން އިތުރުވެގެން ގޮސްފައެވެ.
އެހެންނަމަވެސް އިއްޔެ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައ، ލީކުވެފައިވާ ވޯޑިއޯތަކުގައި ފެންނަ، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމާއެކު، އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއްކަމަކީ، ކުރިން ސަރުކާރަށް ފާޑުކިޔަމުން ގެންދިޔަ ގިނަ ބައެއްގެ ތައުރީފް ސަރުކާރަށް އޮހިގެންދިޔަ ތަނެވެ. މީގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއީދު ކޮށްގެންތިބި ގިނަ ފަރާތްތައްވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް، ފާހިޝް އަމަލުތަކުގައި ތުހުމަތު ކުރެވި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ހިމެނިގެން ދިއުމާއެކު، ނަޝީދުގެ ފާޑު ކިޔުމާއި ނުރުހުން އަމާޒުވެގެން ގޮސްފައިވަނީ ސަރުކާރާ ފުލުހުންގެ މުވައްސަސާއަށެވެ. ފެށުނީއްސުރެ، ފާހިޝް އަމަލު ހިންގި ބައެއް ފަރާތްތަކުގެ ދިފާއުގައި ވަކާލާތު ކުރަމުން އައި ނަޝީދު ވިދާޅުވެފައިވަނީ އޭނާގެ ކޮށްކޮ ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވަނީ ސިޔާސީ ބޭނުމުގައި ކަމަށާއި އަދި ގާނޫނާވެސް ޚިލާފަށް ކަމަށެވެ.
ފުލުހުން ނާޒިމް ސައްތާރު ހައްޔަރު ކުރިކުރުން ކުށްވެރިކޮށް އިނގިރޭސިބަހުން ނަޝީދު ކުރެއްވި ޓުވީޓުގައި، ނަޒިމް ސައްތާރު ހައްޔަރު ކޮށްފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ. ގިނަ ބަޔަކު ތުހުމަތު ކޮށްފައިވަނީ މިގޮތަށް ވިދާޅުވެ އިނގިރޭސިބަހުން ނަޝީދު ޓުވީޓު ކޮށްފައިވަނީ، އެއްޖިންސުން ގުޅުން ހިނގުމުގެ މިނިވަންކަމަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ފަރާތްތަކުގެ ތާއީދު ހޯއްދެވުމުގެ ގޮތުންނެވެ.
އެހެންނަމަވެސް، އެއްޖިންސުން ގުޅުން ހިންގި ފަރާތައްތައް ހައްޔަރުކޮށް، މުޖުތަމަޢުން އެމީހުން އެކަހެރި ކުރި ކުރުމުން، ސަރުކާރަށް ގިނަ ބައެއްގެ ތައުރީފް އޮހެމުން ގޮސްފައި ވާއިރު، މިއީ ދީނީ މިފަދަ ކަންކަމުގައި ސާބިތުކަން ދައްކުވައި ދިނުމުގައި ސަރުކާރުން ކުރިޔަށް އެރުއްވި ހަދުނާ ފިޔަވަޅެއްގެ ގޮތުގައިވެސް މިކަން ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.
One Response
ނަސީދަކީ ނުލަފާކަންކަމަށް ހިއްވަރުދޭ އަދި އެކަންކަން ވައިގައި ހިއްޕަން ކެނޑިނޭޅި
މަސަކަތް ކުރާމީހެކެވެ ފުރަމަމަ ހައްޔަރުކުރަންޖެހެނީ އޭނާއެވެ.