އައްޑޫގައި ބާއްވާ ފަންނާނުގެ މިއުޒިކީ އީދު މިރޭ ފަށަނީ

އައްޑޫގައި ބާއްވާ ފަންނާނުގެ މިއުޒިކީ އީދު މިރޭ ފަށަނީ

Author
ހުސެއިން
27 ޖުލައި 2022 06:24
0

މިއަހަރުގެ މިނިވަން ދުވަހުގެ އުފަލުގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަންނާނުންގެ މިއުޒިކީ އީދުގެ ފުރަތަމަ ޝޯވް މިރޭ ބާއްވާނެއެވެ.

މިގޮތުން މިރޭ ފެށުމަށް ހަމަޖެހިފައިވާ މި ޝޯވްތައް މިރެއާއި މައްދަމާރޭ އައްޑޫގެ ސިޓީ ހިތަދޫ ސްޓޭޖުގައި ކުރިޔަށް ދާނެއެވެ. ޝޯވްތައް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ރޭގަޑު 2:30 އެވެ.

މިއީ ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ބާވާ މި ޝޯވް މާލެ ނޫން އެހެން ރަށެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިޝޯވް ބެއްލެވުމަށްޓަކާ މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވަނީ މިއަދު އައްޑުއަށް ވަޑައިގެންފައެވެ. އަދި މީގެ އިތުން މި ޝޯވްގައި ހުށަހެޅުންތައް ހުށަހަޅާދޭ ފަންނާނުންވެސް މިއަދުވަނީ އައްޑޫއަށް ވަޑައިގެންފައެވެ. މީބޭފުޅުން އައްޑު ސިޓީގެ ގަމުން މިއަދުވަނީ ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

މި ފަންނާނުންގެ މިއުޒިކީ އީދުގައި މާލޭގެ މިއުޒިކް ބޭންޑުން ޕާފޯމް ކުރުމަށް ހަމަޖެހިފައި ވާއިރު، އޭގެ އިތުރުން އައްޑޫގެ ދެ މިއުޒިކް ބޭންޑަކާއި ބައެއް އާޓިސްޓުންވެސް ބައިވެރި ވާނެއެވެ. އަދި މީގެ އިތުރުން ނެށުންތެރިންނާއި، ލަވަ ކިއުންތެރިންގެ އިތުން، ޓްރެފިކް ޖޭމް އަދި އިކުއިޓިކް ވައިބްވެސް މި އިވެންޓިގައި ފެނިގެންދާނެކަމަށް އެން.ސީ.އޭއިން ބުނެފައި ވެއެވެ.

ފަންނާނުންގެ މިއުޒިކީ އީދު މިއަހަރު ބާއްވަނީ ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސްއައި އައްޑު ކައިންސިލް ބައިވެރިވެގެންނެވެ. މި އިވެންޓް ސްޕޮންސަރ ކޮށްފައިވަނީ އެމްޓީސީސީއާއި އެސްޓީއޯ އަދި ފެނަކަ ކޯޕަރޭޝަންއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.