އެމްއެންޔޫއިން އޮގަސްޓުމަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މިހަމުގެ ނިޔަލަށް

އެމްއެންޔޫއިން އޮގަސްޓުމަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މިހަމުގެ ނިޔަލަށް

Author
ހުސެއިން
23 ޖުލައި 2022 07:20
0

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އަންނަ އޮގަސްޓުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ ނިޔަލަސް އިތުރު ކޮށްފިއެވެ.

އެމްއެންޔޫއިން ބުނެފައި ވާގޮތުގައި، ކޯސްތަކަސް އެޕްލައި ކުރުމުގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފައިވަނީ، ވީހާވެސް ގިނަބަޔަކަށް ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމުގައެވެ.

އެމްއެންޔޫއިން މިފަހަރު 89 ކޯހަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، މީގެ ތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުން ފެށިގެން ޑިގްރީ ފެންވަރުގެ ކޯސްތަކެވެ. މީގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ހިމަނާފައެއް ނުވެއެވެ.

ޔުނިވަރސިޓީން ހާމަ ކޮށްފައިވާ ގޮތުގައި މިއަހަރު އޯލެވެލް ހަދާ ކުރިންގެ ނަތީޖާ ނުލިބުނު ނަމަވެސް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތި ލެވޭނެއެވެ. މި ކުދިންނަށް އެންމެ ފުރަތަމަ ޔުނިވަރސީޓީން ދޫކުރުމަށް ހަމަޖެހިފައިވަނީ "ކޮންޑިޝަނަލް އޮފަރ" އެކެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތި ލާންޖެހެނީ އޮންލައިންކޮށް ފޯމް ހުށަހަޅައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.