އިސްރާއީލުގެ ޔަހޫދީއެކު މައްކާއަށް ވަންނަން އެހީތެރިދިން ސައުދީގެ ރައްޔިތަކު ހައްޔަރު ކޮށްފި

އިސްރާއީލުގެ ޔަހޫދީއެކު މައްކާއަށް ވަންނަން އެހީތެރިދިން ސައުދީގެ ރައްޔިތަކު ހައްޔަރު ކޮށްފި

Author
ހުސެއިން
23 ޖުލައި 2022 06:53
0

މާތް ވެގެންވާ މައްކާއަަށް ވަތް، އިސްރާއީލުގެ ޔަހޫދީއަކު އެ ސިޓީއަށް ވަނުމަށް އެހިތެރި ވެދިންކަމުގެ ތުހުމަތުގައި ސައުދީ އަރަބިއާގެ ރައްޔިތަކުން ހައްޔަރު ކޮށްފައިވާ ކަމުގައި ސައުދީ ފުލުހުން ހާމަ ކޮށްފިއެވެ.

މިމީހާ ހައްޔަރު ކޮށްފައިވާކަން ސައުދީ ފުލުހުން ހާމަ ކޮށްފައިވަނީ، މައްކާއަށް ވަދެ އިސްރާއީލު މީހާ ކޮށްފައިވާ ވީޑިއޯ އޭނާ ސޯޝަލް މީޑިއާގައި އާންމު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ފާޑި ކިޔަމުން ދަނިކޮށެވެ.

އިސްރާއީލުގެ ޗެނަލް 13 ގައި މަސައްކަތް ކުރާ ނޫސްވެރިއެއް ކަމުގައިވާ ގިލް ޓަމަރީ، އޭނާ މައްކާއަށް ވަދެއް ކޮށްފައިވާ ވީޑިއޯއެއް ފާއިތުވެދިޔަ ފަތާގެ ހޯމަދުވަހު ޓުވިޓަރގައި ވަނީ އާންމު ކޮށްފައެވެ.

ސައުދީ ޕްރެސް އޭޖެންސީގެ އޮފިޝަލަކު މައްކާގެ ރެލިޖަސް ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި "އައިރު މުސްލިމަކު މައްކާއަށް ވަނުމަށް އެހީތެރި ވެދީފައިވާ ކަމުގެ ތުހުމަތުގައި" "ސައުދީ ރައްޔިތަކު" ވަނީ ޕްރޮސެކިއުޓަރުންނާއި ހަވާލު ކުރެވިފައެވެ.

ސައުދީ ޕްރެސް އޭޖެންސީން އިސްރާއީލުގެ ނުސްވެރިޔާގެ ނަން ހާމަނުކޮށް ރިޕޯޓު ކޮށްފައިވަނީ މައްކާއަށް ވަދެފައިވަނީ އެމެރިކާގެ ޕާސްޕޯޓު ބޭނުންކޮށް އެމެރިކާގެ މީހަކު ކަމުގައެވެ. ސައުދީ އަރަބިއާއަކީ އިސްރާއީލު ސިޔާސީ ގުޅުން އޮންނަ ގައުމެއް ނޫނެވެ.

މިމީހާ މިހާރު ސައުދީ އަރަބިއާއިން ބޭރުވެފައި ވިނަމަވެސް، އޭނާގެ މައްސަލަވެސް، ސައުދީ އަރަބިއާގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކާ މިހާރު ވަނީ ޕްރޮސެކިއުޓަރުންނަށް ފޮނުވިފައެވެ.

ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތްވި ނަމަވެސް މައްކާއަށް އެތެރެވުމުގެ ފުރުސަތު އޮންނަ އިރު، މުސްލިމް ނޫން މީހުން މާތްވެގެންވާ މައްކާއަށް ވަނުމަކީ މަނާކަމެކެވެ. އޭގެ އެއް ސަބަބަކީ މާއްކާއަކީ މުސްލިމުންގެ މުގައްދަސް ބިމަކަށްވެފައި، މި ސިޓީގައި އުޅެން ޖެހެނީ މަކި ހަމަތަކެއްގެ މަތިން، ވަކި ހެދުމެއްގައި ކަމަށް ވާތީއެވެ.

މައްކާއަށް ވަތް އިސްރާއީލު މީހާ ކޮށްފައިވާ 10 މިނިޓްގެ ވޯޑިއޯގައި ވާގޮތުން އޭނާ ވަނީ މައުންޓް އަރަފާތަށްވެސް ޒިޔާރަތް ކޮށްފައެވެ. މިއީ އަރަފާތު ދުވަހައް ހައްޖާޖީން އެއްވާ މަންޒިލެވެ. އޭނާ އާންމު ކޮށްފައިވާ ވީޑިއޯން އެގެން އިންނަ ގޮތުގައި އޭނާ މައްކާއަށް ވަދެވައިވަނީ، އެއީ މަނާކަމެއްކަން އެނގިހުރެއެވެ.

އަދި އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ މަގުސަދަކީ "އެކުވެރި މުސްލިމުންނަށް ނުހަނު މުހިންމު ތަނެއް" އޭނާ ދައްކާލުމެވެ. ޓަމަރީ ބުނެފައިވާ ގޮތުގައި އޭނާ މައުންޓް އަރަފާތު ދޫކޮށް ގޮސްފައިވަނީ، އެތަނުގައި ތިބި ފުލުން އޭނާއަކީ މުސްލިމެއްކަން ޔަގީން ކުރުމަށް ސުވާލު ކުރަން ފެށުމާއި ގުޅިގެންނެވެ.

ހިބްރޫ ބަހާއި (އިސްރާއިލުގެ ބަހެއް) އަރަބި ބަހުން ޕްރޮގްރާމްރައް ގެނެސްދޭ، ޓަމަރީ މަސައްކަތް ކުރާ ޗެނަލް 13އިން ބުނެފައިވަނީ އޭނާ މައްކާއިން ރިޕޯޓު ކޮށްފައިވަނީ ނޫސްވެރިކަމަށް އޭނާގެ ކިބައިގައި ހުންނަ ޝައުގެއްގެ ބޮޑު ކަމުންނާއި އަދި ހުރިޔާކަމެއް ހަމަލޮލުން ދެކެލުމަށް އޭނާ ޝައުގުވެރިވާތީ ކަމުގައެވެ.

ސައުދީ އަރަބިއާގެ ފުލުހުން ވަނީ، މުސްލިމުން އެންމެ މުގައްދަސް ބިން ކަމުގައިވާ މައްކާއަށް ވަނުމުގައި ހުރިހާ ފަރާތްތަކުންވެސް ސައުދީ އަރަބިއާގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.